ޗާއިނާއަށް ލިބޭ ބޭރުގެ އިންވެސްޓްމެންޓްތައް ވަރަށް ބޮޑަށް ދަށްވެއްޖެ

އަބްދުލް މުހުސިން
މާރޗް 5, 2025

ޗައިނާ ޕާލަމެންޓްގެ އަހަރީ ބައްދަލުވުން ބާއްވާއިރު އެ ގައުމުގެ އިގްތިސާދީ ދިރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވިސްނައެވެ. އޭގެ އިތުރުން އެމެރިކާއިން ފަށާފައިވާ ވިޔަފާރީގެ ހަނގުރާމައިންވެސް ޗައިނާއަށް ނޭދެވޭ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޗައިނާއިން މިއަދު ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކަނީ، ޗައިނާގެ ފޮރިން ޑައިރެކްޓް އިންވެސްތްމެންޓް އެފްޑީއައި 13.4% އަށް ދަށްވެފައިޥާ ކަމަށެވެ. މި އަދަދުތައް ކިޔާލުމުން ދޭހަވަނީ، ޗައިނާގެ އިގްތިސާދާ މެދު އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާކަމެވެ. އަދި ސަރުކާރަށް އަވަސް ފިޔަވަޅުތަކެއް އަޅަން  ޖެހޭ ކަމެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ލިބުނު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ވަނީ އަހަރުން އަހަރަށް ބަލާއިރު 13.4 އިންސައްތަ އަށް ދަށްވެފައެވެ.

މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އަހަރު ފެށުނު އިރު ފެނިފައިވާ އެންމެ ބޮޑު ހީނަރުކަން ކަމަށްވެސް ވަނީ ބުނެފައެވެ.

ބޭރުން ޗައިނާގައި އިންވެސްޓު ކުރުމަކީ ޗައިނާގެ އިގްތިސާދީ ކުރިއެރުމުގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ދައުރެއް އަދާކޮށް ދީފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން، ރައުސުމާލާއި ޓެކްނޮލޮޖީއާއި ވަޒީފާގެ ފުރުސަތުތައް އިތުރު ވެފައި ވެއެވެ. ނަމަވެސް މިފަހަރު ފެނިގެން މިދިޔަ ދަށްވުމަކީ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ޗައިނާގެ އިގްތިސާދީ ކުރިމަގާއި ގަވާއިދުތައް ހަރުކަށި ކުރުމުގެ މާހައުލާއި ދުނިޔޭގެ އިގްތިސާދުގައި ޗައިނާގެ މަގާމާ މެދު ކަންބޮޑުވުންތައް އުފެދިފައިވާކަން މި ތަފާސްހިސާބުތަކުން ހިސާބުތަކުން ދައްކުވައިދެއެވެ.

މީގެ އިތުރުން، ދުނިޔޭގެ އިގްތިސާދީ ގޮތުން މިހާރު ކުރިމަތިވެފައިވާ ޔަގީންކަން ނެތް ހާލަތުގެ ތެރޭގައި އިންވެސްޓްމަންޓް މާހައުލު ފިނިވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ޗައިނާގެ އިޤްތިޞާދުގައި އުފެދިދާނެ ސްޓްރަކްޗަރަލް ބަލިކަށިކަންތައްތަކުގެ ތެރޭގައި، ރެގިއުލޭޓަރީ ޕޮލިސީތަކާއި، އެމެރިކާއާއެކު އޮންނަ ޖިއޮޕޮލިޓިކަލް ކޯޅުންތަކާއި މާކެޓްގެ ޙާލަތާ ގުޅޭ ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުން އޭޝިއާގެ އެހެން މަންޒިލްތަކާ މެދު އިންވެސްޓަރުންގެ ލޯބި އިތުރުވަމުންދާ ކަމުގެ އިޝާރާތެއް މިއިން ފެންނަ ކަމަށްވެސް ބުނެފައި ވެއެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ހާމަކުރި ގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖުމްލަ އެފްޑީއައި ލިބުން މަދުވެފައި ވަނީ،  2022 ވަނަ އަހަރުގެ ކުރީކޮޅު ލިބުނު އެންމެ ދަށް މިންވަރަށެވެ.

މި ލިޔުމާ ގުޅޭ