އިންޑިއާއާއި ތައިލެންޑް ގުޅުވާ ހައިވޭ ހުއްޓިފައި ވަނީ މިޔަންމާއާ ހެދި

އަބްދުލް މުހުސިން
މާރޗް 9, 2025

އިންޑިއާ އިން މިޔަންމާ ތެރެއިން ލައިގެން ތައިލެންޑަށް ދެވޭ ގޮތަށް ހަދަމުންދާ ހައިވޭގެ މަސައްކަތް މަޑު ޖެހިފައި ވަނީ، މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވިދާޅުވެއެވެ. މި ހައިވޭއަކީ އިންޑިއާއާއި އާސިއާންގެ ޤައުމުތަކާ އެކު އޮންނަ ގުޅުމަށް ބޮޑު ބަދަލެއް އަންނާނެ ހައިވޭއެކެވެ.

1،400 ކިލޯމީޓަރުގެ ދިގު ރާސްތާގެ ހައިވޭގެ އިންޑިއާ ބައި ފެށެނީ، މަނީޕޫރު ސްޓޭޓްގެ މޮރޭއިންނެވެ. އަދި ތައިލެންޑުގެ މާއި ސޮޓް ޓައުންއަށް ދަތުރުކޮށް ތައިލެންޑަށް ވަދެވޭނެއެވެ. ޖަޔަޝަންކަރު ވިދާޅުވީ މި ހައިވޭ ނިމުމާއެކު، އިންޑިއާއާއި މިޔަންމާއާއި ތައިލެންޑާ ދެމެދުގެ ވިޔަފާރިއާއި ސިއްހީ ފަރުވާއާއި ތައުލީމާއި ފަތުރުވެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރައިގެން ދާނެ ކަމަށެވެ.

ޖަޔަޝަންކަރު ވިދާޅުވީ، ޖުލައި 2023 ގެ ނިޔަލަށް ހައިވޭގެ ގާތްގަނޑަކަށް  70 އިންސައްތައިގެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ. ނަމަވެސް މުޅި ހައިވޭ އެއްކޮށް ނިމޭނެ ތާރީޚެއް އަދިވެސް ނޭނގެއެވެ.

މިއީ އެތައް އަހަރެއް ކުރިން މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެއިރު އަމާޒު ހިފާފައި ވަނީ ކޮންމެ ގައުމަކުންވެސް އެގައުމަކުން ކުރަންވީ މަސއްކަތްތައް ކުރުމާއެކު އިންޑިއާއިން ފެށިގެން އެއްގަމު މަގުން ވިއެޓްނާމަށް ދަތުރު ކުރެވޭ ގޮތް ހަދާށެވެ.

އޮގޮތުން މަސައްކަތް ކުރަމުން ގޮސް އެއްއިރެއްގައި، މި މަޝްރޫއު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްވެސް ވާހަކަ ދެކެވުނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *