ސައުދުﷲ އަހުމަދު

"ފައިސާ ޗާޕުކޮށްގެން ނެރެފިނަމަ އިންފުލޭޝަން އިންތިހާއަށް މަތިވާނެ"

މުހައްމަދު އަލީ
މާރޗް 11, 2025

މިވަގުތު ފައިސާ ޕްރިންޓް ކޮށް ބާޒާރަށް ނެރެފިނަމަ ގައުމުގެ އިންފުލޭޝަން އިންތިހާއަށް މަތިވެގެން ގޮސް ބޭރުފައިސާގެ އަގު އުފުލި މިއަދު މިއޮތް ހާލަތަށްވުރެ އެތައް ގުނައެއް ރައްޔިން ނިކަމެތިވާނެ ކަމަށް މޯލްޑިވްސް ޓްރޭޑު އެސޯސިއޭޝަންގެ ޗެއާމަން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައުދުﷲ އަހުމަދު ވިދާޅުވީ މީގެ އިތުރުބް މުދަލުގެ އަގު އުފުލި ސީދާ ނިކަމެތި ރައްޔިތު މީހާ އިތުރަށް ނިކަމެތިވެގެންދާނޭ ކަމަށެވެ.

ސައުދު މިހެން ވިދާޅުވީ އެމްއެމްއޭއަށް 22 ހެކްޓަރުގެ ބިން ގަންނަން 15 ބިލިއަން ރުފީޔާ ހޯދުމަށް ފައިސާ ޗާޕުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ އެމްއެމްއޭ އަކީ ވިޔަފާރި ކުންފުންޏެއް ނޫންކަމަށެވެ. ”މިގައުމުގައިހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް މިސަރުކާރުން ފުނޑަމުން ގޮސް މިހާރު އެންމެފަހުން ގައުމުގެ ސެންޓްރަލް ބޭންކަށް މިވަނީ ވަދެގެންފައި،“ ސައުދު ވިދާޅުވެފައިވެއެވެ. ”މުއިއްޒު މަނިކުފާނު ކޮންފަދަ ހަސަދައެއްތޯ ރައްޔިތުންނަށް ތިޔަ ބާލަނީ،“ ސައުދު ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *