އިންޑިއާއިން އެދެނީ އެމެރިކައާއެކު މިނިވަން ވިިޔަފާރީގެ އެއްބަސްވުމެއް

އަބްދުލް މުހުސިން
އޭޕްރިލް 11, 2025

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ޓެރިފް ބޮޑު ކުރުމުގެ ފިޔަވަޅަށް އަމަލު ކުރުން މަޑު ޖައްސާލުމަށް 90 ދުވަހުގެ މުއްދަތެއް ދިންތާ ދެ ދުވަސް ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅު ވަނީ އެމެރިކާއާއެކު ދެގައުމުގެ ވިޔަފާރީގެ އެއްބަސްވުމެއް އަވަހަށް އެކުލަވާ ލުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

ގްލޯބަލް ޓެކް ސަމިޓުގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވަނީ ވިޔަފާރީގެ ކޯޅުމަކީ ބޮޑު ބަދަލެއް ކަމަސް ފާހަގަ ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ އިންޑިއާ އިން މިހާރު ދަނީ އެއްބަސްވުމުގެ މަސައްކަތް އަވަސް ކުރުމަށް ބާރު އަޅަމުން ކަމަށް ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރު-އޮކްޓޯބަރު މަހުގެ ނިޔަލަށް ވިޔަފާރީގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް އުސޫލެއްގެ ގޮތުން ދެ ފަރާތުން އެއްބަސްވެ އިތުބާރު ހޯދުމަށްވެސް އޭނާ ގޮވައި ލެއްވިއެވެ.

އެމެރިކާ އާއި ޗައިނާގެ ޓެރިފްގެ ހަނގުރާމައާއެކު ދުނިޔޭގެ އިގްތިސާދީ ހަލަބޮލިކަމުގެ އިންޒާރު ދެއްވަމުން ޖައިޝަންކަރު ވަނީ އިންޑިއާގެ މަސްލަހަތު ރައްކާތެރި ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ކުރިން ކުރެވުނު މަޝްވަރާތަކާ މެދު ވިސްނާލައްވަމުން އޭނާ ވަނީ ދެ ގައުމުގެ ދެމެދުގައި ވިސްނުމުގައި ތަފާތު ކަމެއް ހުރިނަމަވެސް ދެ ފަރާތުންވެސް ފައިދާ ހުރި ގޮތަކަށް މިކަން ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އީޔޫގެ ވިޔަފާރީގެ މަޝްވަރާތައް ދިގުދެމިގެންދާ ގޮތާއި ބެހޭ ގޮތުންވެސް ޖަޔަޝަންކަރު ވަނީ އަލިއަޅުވާލައްވާފައެވެ. މި ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި ސެމީ ކޮންޑަކްޓަރސްގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަކީ އިންޑިއާއިން މުހިންމު އިސްކަމެއް ދޭނެ ކަންތައްތަކެއް ކަމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *