ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

މުހައްމަދު އަލީ
އޭޕްރިލް 12, 2025

އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައިި ހިނގި އެކްސިޑެންޓެއްގައި 37 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. ސައިކަަލަކާއި ކާރެއް ޖެހިގެން ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ ސައިކަލް ދުއްވި މީހާއެވެ. އޭނާއަކީ ފޭދޫޫ، އުލްފަތު، އިބްރާހީމް ސިޔާދު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓުގެ ރިޕޯޓު ފުލުހަށް ލިބިފައިވަނީ މިރޭ 19:39 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަސިޑެންޓަށްފަހު ސިޔާދުު ހޮސްޕިޓަކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއެކްސިޑެންޓުގައި ކާރު ދުއްވީ ގދ. ފިޔޯރީ، މަރގޯލްޑް، މުހައްމަދު މާހިލް މުންތާޒެވެ. ފުލުހުން މިހާރު ވަނީ ބަންދުކޮށްފައެވެ. އެކްސިޑެންޓުގެ މައްސަލަ ބަލަމުުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *