ފިރުއައުގެ ވެރިކަމުގައި ޔަހޫދީން ދުނިޔެއިން ބާކީ ވެގެނެއް ނުދޭ

އަބްދުލް މުހުސިން
އޭޕްރިލް 19, 2025

ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ސަބަބުން އިޒްރޭލުގެޒަޔަނިސްޓު ހަންފެތުރުމާ ދެކޮޅަށް ކުރާ އާންމު ހަރަކާތްތައް ބައިނަލްއަގްވާމީ މައިދާނުގައި ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ފަލަސްތީނަށް ތާއީދުކުރާ މީހުންގެ އެއްބައިވަންތަކަމުގެ ފިޔަވަޅެއްގެ ގޮތުން ޕާސްޕޯޓްގައި ”އިޒްރޭލަށް ދިއުން ފިޔަވައި“ ފަދަ އިބާރާތް އަލުން ޖަހަން ފެށުމާއި އިޒްރޭލު ޕާސްޕޯޓުތައް މަނާ ކުރުން ފަދަ ކަންކަން ކުރަން ފަށާފައި ވެއެވެ.

އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކޮށް، ބަންގާޅުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުންގެ ބައިވެރިވުމާއެކު ވެރިރަށް ޑާކާގައި ވަނީ ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. ރާއްޖޭގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓު މަނާކޮށްފައި ވެއެވެ.

މި ފަސްމަންޒަރުގައި ކަމެއް ނުކުރެވެނީ އެމެރިކާގެ ސެޓެލައިޓްގައި އެނބުރޭ އަރަބިންނަށެވެ. އަރަބި ސަރުކަރުތަކުގެ ނާކާމިޔާބީ ސާފުކޮށް ފެންނަމުން ދެއެވެ. މިސްރު ފަދަ ގައުމުތަކުން އިޒްރޭލުގެ ފަތުރުވެރިންނަށް ދޮރު ތަންމިނަށް ހުޅުވާލާއިރު ރަފަހަ ހުރަސް ކޮސް ފެން ތިއްކެއް ވައްދަންވެސް އިޒްރޭލުން ހުއްދައެއް ނުދެއެވެ.

ލޮރިތައް ބަރާކޮށްފައިވާ މުސްލިމުންގެ ޚައިރާތު ފައިސާގެ އެހީތައް ދަނީ ރަފަހު ކައިރީގައި ކުނިވަމުންނެވެ. ޖޯޑަންގެ އަބްދުﷲ ރަސްގެފާނުގެ ސަރުކާރުންވެސް ދަނީ އެއްވެސް ދެކޮޅުވެރިކަމެއް ފެނިއްޖެނަމަ އެކަމެއް ފިއްތާލަމުންނެވެ. ބޮޑު ވަރުކޮށްލަން އުޅޭ ބަޔެއް ނަމަ އިޚުވާން ބައެއްކަމަށް ބަލައެވެ. ފަލަސްޠީނަށް ސަޕޯޓުކޮށްފިނަމަ ”ޓެރަރިސްޓް ސެލްތަކެއް“ ކަމަށް ލޭބަލްކޮށް އެ ވާހަކަތައް ޕްރޮމޯޓް ކުރެ އެވެ.

ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ ފަދަ ގަލްފް ގައުމުތަކުން ތިބެނީ އިޒްރޭލުގެ ސަލާމަތަށް ފާރަވެރި ވެގެންނެވެ. އިޒްރޭލާ ދިމާއަށް ޔަމަނުން ފޮނުވާލާ މިސައިލްތައް އިޒްރޭލަށް ވުރެން ކުރިން މިއަޚުންތައް ހުއްޓުވައެވެ. މިއިން ބައެއް ގައުމުތަކުން އިޒްރޭލުގެ ރާޑަރު ސިސްޓަމްތައް ވެސް ބަލަހައްޓަމުންދާ ވާހަކައަކީ ޖޯކެއް ނޫނެވެ. އިޒްރޭލުގެ ދިފާއުގައި އެއް އުންމަތެއްގެ ގޮތުގައި ހަރަކާތްތެރި ވެއެވެ.

ދުނިޔޭގެ ފެންވަރުގައި އިޒްރޭލާ ދެކޮޅަށް ލަންޑަނުން ފެށިގެން ލަތާކިޔާއާ ހަމައަށް މީހުން ދަނީ އިޒްރޭލުގެ މުދާ ނުގަތުމަށް ގޮވާލަމުންނެވެ. އެމްސްޓަޑަމުން ފެށިގެން ޒިމްބާބުވޭއާ ހަމަށް މީހުން ފާޅުގައި އިޒްރޭލު ކުށްވެރި ކުރަމުން ދެއެވެ.

އިޒްރޭލާއި ޒަޔަނިސްޓުންގެ ޖީބު ބޮޑު ކުރާ އުފެއްދުންތަކާ ދުރުހެލިވުމަށް ގޮވާލާ ބޮއިކޮޓް، ޑައިވެސްޓްމަންޓް އެންޑް ސަންކްޝަންސް (ބީޑީއެސް) ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ. އަރަބި ގައުމުތައް ނޫން ގައުމުތަކުގައެވެ.

ސްވިޑެންގައިވެސް ސަގާފީ ހަރަކާތްތަކުން އިޒްރޭލު ބާކީ ކުރުމަށް ޔޫރަޕްގެ 1،000 އަށް ވުރެ ގިނަ ފަންނާނުން ޑިމާންޑް ކުރިއެވެ.

ލަންޑަނާ އެއްފަދައިން މެކްސިކޯގައި އިޒްރޭލުގެ އެމްބަސީއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރެއެވެ. މި ހަރަކާތްތަކުން ދައްކުވައިދެނީ ސަރުކާރުތައް ނާކާމިޔާބުވި ނަމަވެސް ދެކޮޅު ހަދާ ރައްޔިތުންގެ ވިންދު ޖެހުމެއް ހުރި ކަމަށެވެ.

އަރަބިން މަގުތަކަށް ނިކުތުން މަނަލެވެ. މިންބަރުގައި ޣައްޒާގެ ވާހަކަ ބާރަށް ދެއްކުން މަނަލެވެ. ހުޅަނގާއި ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ ޔުނިވާސިޓީތަކާ ހިލާފަށް އަރަބި ޔުނިވާސިޓީތަކުގައި ދަރިވަރުންގެ ހަރަކާތައް ކުރިއަށް ގެންދޭތޯ ބެލުމުގެ ޒިންމާ ޖާސޫސީ އިދާރާތަކާ ހަވާލުކޮށްފައި ވެއެވެ. އުންމަތުގެ ސުލްހަވެރި ޝިއަރު ނެގެހެއްޓުމުގެ ގޮތުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *