މުހައްމަދު ތާރިގު

ރައީސްގެ ވާހަކަފުޅަށް ހެކިވަމުން، ތާރިގުގެ ސުވާލެއް ރައީސަށް

މުހައްމަދު އަލީ
އޭޕްރިލް 20, 2025

ދުނިޔޭގެ ތަރިކައިގެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކައަށް ހެކިވާކަމަށް ކުރީގެ ސްޓޭޓު މިނިސްޓަރ އޮފް ހެރިޓޭޖު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ތަރިކައިގެ ދުވަހު ރައީސް ވިދާޅުވެފައިވަނީ “ ގައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ގައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން،“ ކަމަށެވެ. ތާރިގު މިއަށް ހެކިވަމުން ވިދާޅުވެފައިވަނީ ”ރައީސް މިފަހަރު ވިދާޅުވެފައި މިވަނީ ވަރަށްބޮޑު ތެދުފުޅެއް ކަމަށް އަޅުގަނޑު ހެކިވަން. ސުވާލަކީ މަނިކުފާނުގެ ސަރުކާރަށް ދޮޅު އަހަރުވާން ދާއިރު މިދާއިރާއިން ކުރެވުނީ ކޮންކަމެއްތޯ؟“

ހުކުރު މިސްކިތުގެ ރައްކާތެރިކަމަށް އަދި އެއްކަމެއްވެސް ނުކުރައްވާ ކަމަށާއި އެހެންނަމަވެސް ކުރީ ސަރުކާރުން ކުރަމުންގެންދިޔަ މަސައްކަތް ހުއްޓުވާފައިވާކަމަށް ތާރިގު ވަނީ ވިދާޅުވެފައެވެ. ”ގައުމިއްޔަތަކީ ދައްކާލާ ޕްރެޒެންޓޭޝަނަކުން އިއާދަ ކުރެވޭނެ އެއްޗެއްނޫން،“ އޭނާ ވިދާޅުވެފައިވެއެވެ.

ކުރީ ސަރުކާރުގެ ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެފައިވަނީ ނިމިދިޔަ ސަރުކާރުގައި ޤައުމީ ދާރުލްއާސާރު ތަރައްޤީކޮށް ޒަމާނީ ފެންވަރަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އޭގޭ ތެރޭގައި ވިއްސާރަވާ ކޮންމެ ފަހަރަކު ދާރުލް އާސާރުން ކަރަންޓު ކެނޑޭތީ އެ މައްސަލަ ބަލައި ހައްލުކުރެއްވުމާއި، ޤައުމީ ދާރުލް އާސާރުގެ އެއާކޮންތައް ބާވެ މައްސަލަ ޖެހި، ފިނިނުވުމުގެ ސަބަބުން އާސާރީ ތަކެއްޗަށް ގެއްލުން ލިބިދާނެތީ އެއާކޮންތައް ބަދަލުކުރެވުނުކަމަށާއި، ބީ.އެމް. އެލް ގެ ގްރާންޓު ޕްރޮޖެކްޓުގެ ދަށުން ދާރުލް އާސާރުގައި ޒަމާނީ ފެންވަރުގެ ޝޯކޭސްތައް ބަހައްޓައި، ޑިސްޕްލޭ ރަނގަޅުކޮށް، ޓީވީ އާ ޑިސްޕްލޭ ސްކްރީންތައް ހޯދައި ބެހެއްޓި ކަމަށެވެ.

”ކޮވިޑުގެ ދަތިހާލާއެކު،ޤައުމީ ދާރުލް އާސާރު އެކި ފަހަރު މަތީން ބަންދުކުރަން ޖެހުނު ނަމަވެސް، ދާރުލް އާސާރު ތަރައްޤީކޮށް ޒަމާނީ ފެންވަރަކަށް ގެނައުމަށް، ނިމިދިޔަ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު،“ ޔުމްނާ ވިދާޅުވެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *