އިންޑިއާއިން ސަރަހައްދު ބަންދުކޮށް ސިޔާސީ ގުޅުން އިތުރަށް ދަށް ކުރި މައްސަލައަށް ރައްދު ދިނުމަށް ޕާކިސްތާންގެ މަދަނީ އަދި އަސްކަރީ ލީޑާޝިޕުން އިސްލާމްއާބާދުގައި މިއަދު ބައްދަލު ކުރައްވާނެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ސަލާމަތާ ބެހޭ ކެބިނެޓް ކޮމިޓީ ވަނީ ޕަހަލްގަމްގައި 26 މީހުން މަރުވި ޓެރަރިސްޓް ހަމަލާއަށް އެއް ދުވަސް ފަހުން ބޮޑެތި ފިޔަވަޅުތަކެއް އަޅަފައެވެ. އޭގެ ތެރޭގައި:
- ސާކް ގެ ޗާޓަރުގެ ދަށުން ޕާކިސްތާން ރައްޔިތުންނަށް ދޫކުރެވޭ އިސްތިސްނާ ވިސާ ދިނުން ކެންސަލް ކޮށްފިއެވެ.
- ޕާކިސްތާނުގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރު ކުރުން މަނާ ކޮށްފިއެވެ.
- އިންޑިއާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެގައުމުން ފުރަން ޖެހޭނެ ކަމަށް އަންގައިފިއެވެ،
- 1960 ވަނަ އަހަރު އެއްބަސްވެފައިވާ އިންޑަސް ކޯރުގެ ފެން ހިއްސާ ކުރުމާ ބެހޭ މުއާހަދާ އަށް ވަގުތީ ގޮތުން އަމަލު ކުރުން ހުއްޓާލުމަށްވެސް ވަނީ ނިންމާފައެވެ.
- އަޓާރީ ބޯދަރު ވަންގުތުން ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.
- ނިއުދިއްލީގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ތިބި ޑިފެންސް/މިލިޓަރީ، ނޭވަލް އަދި އެއާ އެޑްވައިޒަރުން ހަފްތާއެއްގެ ތެރޭގައި ބޭރުވުމަށް އަންގާފައި ވެއެވެ.
- އިސްލާމްއާބާދުގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އެޑްވައިޒަރުން ވެސް ނިއުދިއްލީން އަނބުރާ ގެނައުމަށް ނިންމާފައި ވެއެވެ.
- ހައި ކޮމިޝަންތަކުގެ ޖުމްލަ ބާރު މިހާރު ހުރި 55 މުވައްޒަފުންގެ އަދަދުން މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 30 މުވައްޒަފުންނަށް ދަށް ކުރުމަށް ނިންމާފައި ވެއެވެ.
މި ހަމަލާގައި މަރުވެފައި ވަނީ ނޭޕާލް މީހަކީ އިންޑިއާގެ 25 މީހުންނެވެ. ދުނިޔޭގެ ޤައުމުތަކުން ވަނީ މިހާދިސާ ކުށްވެރިކޮށްފައެވެ. މިހާދިސާ ކުށްވެރި ކޮށްފައި ނުވަނީ ކެނެޑާއިން އެކަންޏެވެ.