ޔުމްނުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި

މުހައްމަދު އަލީ
އޭޕްރިލް 27, 2025

އެޕްރީލް އަށާރަވަނަ ދުވަހު ހ. ފެންޓެނޯއިގޭގެ  ނުވަވަނަ ބުރިން ވެއްޓި އަނިޔާވެފައިވާ ހައްވައް ޔުމްނު ރަޝީދުގެ މައްސަލަ ބަލައި ތަހުގގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.

އެކޮމިޝަނުގައި ހިމެނިވަޑައިގެންވަނީ ތިން ބޭފުޅެކެވެ. އެއީ ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ހަބީބާއި، ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރާއި، ރިޓަޔަރޑް ބުރިގޭޑިއަރޖެނެރަލް އަހުމަދު މުހައްމަދެވެ. މިކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ޑރ. މުނައްވަރެވެ. މިއީ ރައީސް މުއިއްޒު އުފެއްދެވި ފުރަތަމަ ރިޔާސީ ކޮމިޝަނެވެ.

ރައީސް މިކޮމިޝަން އުފައްދަވާފައިވަނީ ގިނަ ބާރުތަކެއް ދެއްވަވައިގެންނެވެ. މިކޮމިޝަނަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވާނޭ ކޮމިޝަނެއް ކަމަށް ޚުދު ރައީސް ވަނީ ވިދާޅުވެފައެވެ. އެ ކޮމިޝަނުން ހަގީގަތް ހޯދުމުގައި އަދި ބަލަންޖެހޭ ކަމެއް ބެލުމުގައި، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ކަމަށާއި އެފަދަ ހުރަހެއް ކުރިމަތިވެސް ނުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވަވައިފައެވެ. އެ ކޮމިޝަނަށް ސުވާލު ނުކުރެވޭނެ ފަރާތެއް، އަދި ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ ކަމަށާއި، ބޭރު ގައުމަކުން އެހީ ހޯދަން ޖެހުނަސް އެކަން ކުރުމުގެ ބާރުވެސް ދެއްވާފައިވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *