ސްޓެލްކޯ އިންޖީނު ރޫމު ތެރޭގައި ހުރި މެއިން އިންޖީނެއްގެ ދުން ހޮޅީގައި ރޯވެއްޖެއެވެ. މި ޚަބަރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް ލިބުނީ މިއަދު ހެނދުނު 6:19 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ޚަބަރު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
”އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 06:19 ހާއިރު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 06:30 ހާއިރުއެވެ.“ އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.