ރަސްފަނު މޫދު ބޭނުންނުކުރަން ފުލުހުންގެ އިލްތިމާސެއް

މުހައްމަދު އަލީ
އޭޕްރިލް 29, 2025

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެސަރަހައްދު ބަލަހައްޓަވަމުން ގެންދަވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެތަނަށް ތެޔޮއެޅިފައިވާ ގޮތެއް ދެނެގަތުމަށް ތަހުގީގެއް ހިންގަމުން ގެންދާ ކަމަށެވެ. މިހާތަނަށް އަދި އެކަން ހިނގާފައިވާ ގޮތެއް އެނގިފައެއް ނުވެއެވެ.

މިކަން ހިނގި ގޮތެއް ދެނެގަތުމުގެ ތަހުގީގު ހިންގަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ހާލަތު ތަހުގީގުކޮށް، އަސަރުކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް ކުރަމުން ފުލުހުން އެބަގެންދޭ،“

ކަޅުތެޔޮ އެޅިފައި ހުއްޓައި އެސަރަހައްދަށް މޫދަށް އެރުމާއި އެސަރަހައްދުގައި އެފަދަ އެހެން ހަރަކާތްތައް ހިންގުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފުލުހުންވަނީ ރަސްފަންނު މޫދަށްއެރި އުޅުން ވަގުތީ ގޮތުން މަނާކޮށްފައެވެ.

ބެލެވޭ ގޮތުގައި މިކަން ހިނގާފައިވަނީ މީގެ އެއްދުވަސް ކުރިންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *