ޑރ. މުނައްވަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ފޮޓޯ މިހާރު

ޔުމްނުގެ މަރުގެ މައްސަލަ ބަލަނީ އިންސާފުންތޯ ކަށަވަރު ކުރާނަން: މުނައްވަރު

އަހުމަދު މުހައްމަދު
އޭޕްރިލް 30, 2025

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، 21 އަހަރު، ވެއްޓުނު މައްްސަލައިގެ ތަހުގީގު، ދައުލަތުގެ މުއައްސަސާތަކުން ތަގުގީ ކުރަނީ އިންސާފުންތޯ، ކަށަވަރު ކުރައްވާނެ ކަމަށް އެ މައްސަލަ ތަހުގީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ކޮމިޝަނުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ، ކޮމިޝަންގެ ތަހުގީގު ކުރިއަށްދާއިރު އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު މިހާރު ގޮސްފަ އޮތް ހިސާބާއި، އެ ތަހުގީގަށް މަޔަކު ނުފޫޒު ފޯރިވާފައިވޭތޯވެސް ބައްލަވާނެ ކަމަށެވެ.

ކޮމިޝަންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ގާނޫނުގައިވާގޮތުން ކޮމިޝަންގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ ގަވާއިދު އެކުލަވާލާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވީ، ކޮމިޝަންގެ ތަހުގީގު ކުރިއަށް ގެނަދިއުމުގައި ފުލުހުންގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ މިންވަރު ބަލަންޖެހޭ ކަމަށެވެ. އަދި އެ ކަންތައް ބެލުމަށްޓަކައި، ކޮމިޝަނުން މިއަދު ފުލުހުންނާ ބައްދަލު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *