ކުދިން މަސައްކަތަށް އަހުލުވެރި ކުރަން ރައީސްގެ އިލްތިމާސް ކުރައްވައިފި

މުހައްމަދު އަލީ
މެއި 1, 2025

ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި އެހާމޭ ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ރައީސް އާންމު ކުރައްވާފައިވާ ޚިތާބުގައި ވިދާޅުވެފައިވަނީ ”މަސައްކަތްތެރީންގެ ބައިނަލްއަގްވާމީ ދުވަހު، ދިވެހި ކޮންމެ ބެލެނިވެރިއަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމެވެ.“ ރައީސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން، އެންމެ ދިވެއްސަކުވެސް، ދޫކޮށް ނުލަން މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދިވެހީން އެދޭ ތަމައްދުން ހާސިލު ކުރެވޭނީ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިތާބުގައި ވަނީ ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށް ގޮވާލައްވައިފައެވެ. އެކަން ކުރުމަށްޓަކައި މަސައްކަތުގެ އަޚްލާގާއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ޤާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ވެސް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ