މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރެލީ، އަމީނީމަގުން ކުރިއަށް ގެންދިއުމުގެ ހުއްދަ އެކަން އިންތިޒާމް ކުރާ ފަރާތްތަކަށް ދީފައިވާނޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އޭގެ އިތުރުން ރެލީއަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމަށް މަގުފަހިކޮށްދޭނެ ކަންވެސް އެފަރާތަށް ވާނީ އަންގާފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ރެލީ އިންތިޒާމް ކުރާ ފަރާތުން ބުނެފައިވަނީ މިބަދަލަކީ ފުލުހުން ކުއްލިއަކަށް ގެނައި ބަދަލެއް ކަމަށެވެ. ކުރިން ވާހަކަ ދެކެވި އެއްބަސްވެފައިވަނީ ރަސްފަންނުން ފަށައިގެން މަޖީދީމަގުން ހެންވޭރަށް ދާގޮތަށް ކަމަށް އެފަރާތުންވަނީ ބުނެފައެވެ. މި ނޫނީ މަސައްކަތްތެރިންގެ ރިލޭއަކަށް ފުލުހުން ހުރަސް އަޅާފައިނުވާ ކަމަށް އިތިޒާމް ކުރިފަރާތުން ބުނެފައިވެއެވެ.
ރަސްފަންނުގައި އެންމެން އެތުރި ރެލީ ފެށިތަނުން ފުލުހުންވަނީ ހުރަސް އަޅައިފައެވެ. އަދި ރެލީ ކުރިއަށް ގެންދެވޭނީ އަމީނީ މަގުން ކަމަށް ބުނެ ފުލުހުންވަނީ ބައިވެރިން އަމީނީ މަގަށް ފޮނުވައިފައެވެ. ބައިވެރިން ބުނެފައިވަނީ ފުލުހުން ކުރިން އެއްބަސްވެފައިވާ ގޮތާ ޚިލާފަށް އަމަލު ކުރުމުން ރެލީ ކުރިއަށްދާއިރު ފުލުހުންގެ އެއްވެސް އެހީތެރިކަމެއް ނުވަތަ ރައްކާތެރި ކަމެއް ބޭނުން ނުވާކަމަށެވެ.