ފުލުހުންގެ މައި މަރުކަޒު/ފޮޓޯ ހިރި

މިރޭ މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި

މުހައްމަދު އަލީ
މެއި 5, 2025

މަސްތުވާ ތަކެތީގެ ރެކޯޑު އޮންނަ މީހަކަމަށް މިރޭ ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މުރޭ 20:35 އެހައިކަންހާއިރު ކަމަށެވެ.

ހަމަލާދީފައިވަނީ އުމުރުން ސާޅީސް އަހަރުގެ މީހަކަށެވެ. އޭނާއަށް ހަމަލާދީފައިވަނީ ސަބްދެލި މަގު ޗާންދަލިޔާ ކައިރީގައި ހުއްޓާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ޒަޚަމް ވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް،“ ފުލުހުން ބުނެފައިވެއެވެ.

މިމީހާއަށް ހަމަލާދިން ފަރާތާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. އަދި ހަމަލާއަށްފަހު އެމީހާ ހޮސްޕިޓަލަށް ގެންދިޔަކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ވިދާޅުވެފައިވަނީ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *