ގދ. ފަރެސްމާތޮޑާގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އާބާދީގައި 1,800 މީހުން ހިމެނޭ ފަރެސްމާތޮޑާގައި ތަރައްގީ ކުރަނީ ކޫރީގެ ދަނޑެވެ. އެ ދަނޑު ތަރައްގީ ކުރަނީ ފީފާއިން ކަނޑައަޅާފައިވާ ފެންވަރަށެވެ. އެގޮތުން އެތަން ނިމޭއިރު ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އޮންނާނެއެވެ. އޭގެ އިތުރުން ގޯލް ޕޯސްޓެއް ހުންނާނެ ކަމަށް މިމަސައްކަތްކުރާ އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން ދަނޑު ވަށައިގެން ފެންސެއް ޖެހުމާއި، ހަތަރު ބެންޗު ބަހައްޓާނެވެ.