ގުޅިގެން ކުރެވިދާނޭ ކަންކަމާ ބެހޭގޮތުން ކުޅުދުއްފުށްޓާއި އިސްލާމިކް މިނިސްޓްރީން މަޝްވަރާ ކޮށްފި

މުހައްމަދު އަލީ
މެއި 6, 2025

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާއި ކުޅުދުއްފުށި ސިޓީކައުންސިލް ގުޅިގެން ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މިއަދު މަޝްވަރާކޮށްފި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ކަމަށް މަޝްވަރާ ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.  އެހެންނަވެސް މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީގައި މިއަދުއެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ބައެއް ކައުންސިލަރުންނާއި، ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައިވެރިވެލައްވާފައެވެ.

 

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *