ޗައިނާ އިން ދުނިޔޭގެ ނިޒާމުތަކަށް ނުފޫޒު ފޯރުވުމަށް ގެންގުޅޭ ސްޓްރެޓެޖީ ގެ ސަބަބުން ސިޔާސީ ނިޒާމުތަކަށް ގޮންޖެހުންތައް ކުރިމަތިވާ ކަމުގެ އިންޒާރުތައް ދީފިއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ދަނީ ދުނިޔޭގައި ޗައިނާގެ ނުފޫޒު ވަރުގަދަ ކުރުމަށް އޮޕަރޭޝަންތައް ހިންގައި، ޑިޕްލޮމެސީ، ޕްރޮޕެގެންޑާ، ވިޔަފާރި، އަދި ބޭރުގެ ސިޔާސީ މާހައުލު، އެ ޕާޓީގެ ފައިދާއަށްޓަކައި އަލުން ބައްޓަން ކުރަމުންނެވެ.
2000 ގެ އަހަރުތަކުން ފެށިގެން ވިޔަފާރިއާއި ޓެކްނޮލޮޖީ އަދި ޖިއޮޕޮލިޓިކަލް ފައިދާތައް ހޯދުމަށް ބެއިޖިން އިން ވަނީ ސްޓްރެޓެޖިކް ގޮތެއްގައި މުހިންމު މީހުންގެ ނެޓްވޯކްތަކާއި އާންމު މައޫލާތާއި އަދި އިންސްޓިޓިއުޝަނަލް ފްރޭމްވޯކްތަކަށް އަމާޒުކޮށް ޗައިނާއިން ކަންކަމުގައި ދެކޭ ގޮތް ކިޔައިދެމުންގޮސްފައެވެ.
ޔޫރަޕްގައި އޮޕަރޭޝަން ޖެނެރޭޝަން ރިޕޯޓުން ހާމަކުރި ގޮތުގައި އީޔޫގެ ޕާލަމެންޓްރީ އެސިސްޓެންޓުންނާއި ކުރިން ޕަލަމެންޓްގައި މެމްބަރުކަން ކޮށްފައިވާ މީހުން ޗައިނާއިން ބޭނުން ކޮށްފައި ވަނީ އީޔޫގެ ޓެކްނޮލޮޖީގެ ގަވާއިދުތައް ޗައިނާއަށް ފަހިވާ ގޮތަށެވެ.
އޮސްޓްރޭލިއާގައި 2022 ވަނަ އަހަރުގެ އެޑިލޭޑްގެ ލޯކަލް އިންތިޚާބަށް ޗައިނާއިން ތަދައްޚުލުވި ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ. އެއިން، ދައްކުވައިދިނީ އެތެރޭގައި ސިޔާސަތު ބައްޓަން ކުރާ އެންމެ ދަށްފަންތިއަށްވެސް ޗައިނާއިން ނުފޫޒު ފޯރުވާ ކަމެވެ. އިނގިރޭސިވިލާތުގައި ކޮމިއުނިސްޓު ޕާޓީގެ “ޔުނައިޓެޑް ފްރަންޓް” އާއި ގުޅިފައިވާ ވިޔަފާރިވެރިއަކަށް ބެކިންހަމް ޕެލަސްއިންދޭ ޝަރަފެއް ލިބުނު ކަމަށް ރިޕޯޓު ކޮށްފައިވާ މައްސަލައިން ނުފޫޒުގަދަ ފަރާތްތައް ޗައިނާގެ ސިޔާސީ ބޭނުމަށް ގެންގުޅޭ ކަން ހާމަވެފައި ވެއެވެ.
ކެނެޑާގެ 2023 ވަނަ އަހަރުގެ ޖާސޫސީ ރިޕޯޓުގައި ކެނެޑާގައި އުޅޭ ބޭރުގެ ދަރިކޮޅުގެ ކޮމިއުނިޓީތައް މެދުވެރިކޮށް އިންތިޚާބުތައް މެނިޕިއުލޭޓް ކުރުމަށް ޗައިނާއިން ކުރާ މަސައްކަތްތައް ފާހަގަކޮށްފައި ވެއެވެ.
އެފްރިކާގައި ޗައިނާއަށް ތާއީދުކުރާ ވާހަކަތައް މީޑިއާއިން ގެނަސްދިނުމަކީ އާންމު ކަމެކެވެ. އަދި ޒިމްބާބުވޭ އާއި ކެންޔާ ފަދަ ގައުމުތަކުގައި ޗައިނއިން މީޑިއާ އެއްބަސްވުންތަކާއި ސިޔާސީ ތަމްރީނުތަކަށް ބެއިޖިން އިން ފައިސާ ދެމުން ދާކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.
ދެކުނު އެމެރިކާއިންވެސް މިފަދަ ކަންކަން ފެނިގެން ދެއެވެ. ބްރެޒިލް އާއި އާޖެންޓީނާގައި ހުންނަ ޗައިނާގެ ކުންފުނިތަކުން ސައިންޓިސްޓުންނާއި މީޑިއާއަށް ނުފޫޒު ފޯރުވާ ކަމަށް ލިސްޓުކޮށްފައި ވެއެވެ.
ޗައިނާގެ ”ޔުނައިޓެޑް ފްރަންޓް“ ބޭނުން ކުރަނީ ޗައިނާގެ ”ކޮމްޕްރިހެންސިވް ނޭޝަނަލް ޕަވަރ“ ނަޒަރިއްޔާތު ކުރިއަށް ނެރުމަށެވެ.
ތަޖުރިބާކާރުން އިންޒާރު ދެނީ އަދާހަމަކޮށްފައި ނުވާ ލޮބީ ގާނޫނުތަކާއި ދޯހަޅި ފާރަވެރިވުމުގެ ސަބަބުން ޑިމޮކްރަސީތައް ނާޒުކު ހާލަތަކަށް ދާ ކަމަށެވެ. މިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ޗައިނާގެ ސްޓްރެޓެޖިކް ބަނދެވުމުން މުއައްސަސާތައް ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ގަވާއިދުތައް ހަދައި ޖާސޫސީ މައުލޫމާތު ހިއްސާކޮށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރަން ބޭނުންވެއެވެ.