ޓެރަރިސްޓް ހަމަލާދިން މީހުން ޗައިނާގެ ޓެކްނޮލޮޖީ ބޭނުންކުރި: ދަ ވީކް

އިބްރާހީމްް ސަމީރު
މެއި 14, 2025

ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްގެ ބޭތާބް ވާދީގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ. މި ހަމަލާގެ ސަބަބުން ލައިން އޮފް ކޮންޓްރޯލްގައި ކޮންމެ ދުވަހަކުވެސް ބަޑިޖެހުމުގެ ހާދިސާތައް ހިނގަމުންދެއެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދު އިތުރަށް ހަލަބޮލިވެފައިވެއެވެ. ޖައްމޫ އަދި ކަޝްމީރަކީ ދިގު މުއްދަތެއް ވަންދެން މައްސަލަ އުފެދިފައިވާ ސަރަޙައްދެއް ކަމުގައިވާތީ، ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އަވަށްޓެރި މި ދެ ޤައުމުގެ ދެމެދުގައި ފިތުނަވެރިކަން އިތުރުވަމުން ދިއުމަކީ ދުނިޔެއަށް ނުރައްކަލެކެވެ. އަދި މި މައްސަލައަށް އަވަސް ޙައްލެއް ލިބޭނެކަމަކަށް ނުފެނެއެވެ.

ޕާކިސްތާނުގެ އެކުވެރިޔާ ކަމުގައިވާ ޗައިނާއިން މިކަމާ ގުޅޭގޮތުން ވަރަށް ފަރުވާތެރިކަމާއެކު ޢަމަލުކުރަމުންދެއެވެ. އެންމެ ފުރަތަމަ ޗައިނާއިން ވަނީ އިޚުލާސްވެރިކަމާއެކު ހަމްދަރުދީ ފާޅުކޮށް، މި އަނިޔާވެރި ޢަމަލު ކުށްވެރިކޮށްފައެވެ. ނަމަވެސް، ޕާކިސްތާނުގެ ނަން ސީދާ ގޮތެއްގައި ގެނެސްފައެއް ނުވެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން ގުއޯ ޖިއަކުން ވިދާޅުވެފައިވަނީ ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ނުކުރުމަށާއި، އިންޑިއާ އާއި ޕާކިސްތާނުން ދެ ޤައުމުގެ ދެމެދުގައިވާ ތަފާތުތައް ޙައްލުކުރުމަށް މަޝްވަރާކުރުމަށް އިސްކަންދިނުމަށް ގޮވާލާ ކަމަށެވެ. އަދި މިގޮތަށް ޢަމަލުކުރުމުން އެ ސަރަޙައްދުގެ ސުލްޙަ ދެމެހެއްޓޭނެ ކަމަށް ވިދާޅުވިއެވެ. މި ފަދައިން ޗައިނާއިން ވަނީ މި ނާޒުކު ސިޔާސީ ތިންކަން ބައްދަލުވާ ހިސާބުގައި ވަރަށް ފަރުވާތެރިކަމާއެކު އަމަލުކޮށްފަ އެވެ.

ޗައިނާ އާއި ޕާކިސްތާނުގެ ގުޅުމަކީ ”ހުރިހާ މޫސުމެއްގައިވެސް ދެމިއޮންނަ އެކުވެރިކަމެއް“ ގެ ގޮތުގައި ބުނެވޭ ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ އިންޑިއާގެ ސަރަޙައްދީ ނުފޫޒު ކުޑަކުރުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ. ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) އަކީ މި ގުޅުމުގެ އެންމެ މުހިންމު މަޝްރޫޢު ކަމުގައިވާއިރު، ޗައިނާގެ އަސްކަރީ އެހީތެރިކަން ހައްދެއް ނެތް މިންވަރަށް ޗައިނާއަށް ލިބެއެވެ.

ޕަހަލްގަމް ޓެރަރިސްޓް ހަމަލާގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ހަމަލާ ދިން އިރު ޕަހަލްގަމް ސަރަހައްދުގައި ވާވޭ ސެޓެލައިޓް ފޯނާއި އެންކްރިޕްޓް މެސެޖިން އެޕްލިކޭޝަންތައް ފަދަ ޗައިނާގެ މަނާ ޓެކްނޮލޮޖީ ބޭނުން ކޮށްފައި ވެއެވެ. ޗައިނާގެ ޓެލެކޮމް ވެންޑަރުން ކަމަށްވާ ވާވޭ އާއި ޒެޑްޓީއީ އަށް އިންޑިއާގެ 5ޖީ ނެޓްވޯކްތަކުން ވަނުން މަނާކޮށްފައިވާއިރު، އިންޑިއާގެ ޓެލެކޮމް ކުންފުނިތަކުން ވަނީ ސަލާމަތީ ނުރައްކާތަކުގެ ސަބަބުން އެކުންފުނިތައް އިންފްރާސްޓްރަކްޗާއިން ބާކީކޮށްފަ އެވެ.

ޖާސޫސީ އިދާރާތަކުން ދައްކާ ގޮތުގައި ޓެރަރިސްޓުން ބޭނުންކުރީ ޗައިނާއިން އުފައްދާފައިވާ އަލްޓްރާ ސެޓްސް ކަމަށްވާ ޕާކިސްތާނުގެ ސިފައިން ބޭނުން ކުރާ ވަސީލަތްތަކެވެ. މިއީ ދައުލަތުގެ ބާރުގެ ދަށުގައި ނުހިމެނޭ ޕްރޮކްސީން ބޭނުންކުރާ ތަޖުރިބާކާރު ހައިބްރިޑް ކޮމިއުނިކޭޝަން ޑިވައިސްތަކެކެވެ. މި ޑިވައިސްތައް ރޭޑިއޯ ފްރީކުއެންސީތަކާއި ސެޓެލައިޓް ރިލޭ މެދުވެރިކޮށް ހިންގާތީ، އިންޑިއާގެ އާންމު ސަވައިލެންސް ސިސްޓަމްތައް ބޭނުންކޮށްގެން މި ޑިވައިސްތައް ދެނެގަތުމަށް ދަތިވެ އެވެ.

މި ސިސްޓަމްތައް މެދުވެރިކޮށް ފޮނުވާ މެސެޖުތައް އެންކްރިޕްޓްކޮށް، ކޮމްޕްރެސްކޮށް، ޗައިނާގެ ސެޓެލައިޓްތައް މެދުވެރިކޮށް ޕާކިސްތާނުގެ ސާވަރުތަކަށް ފޮނުވާއިރު، އާދައިގެ ޖީއެސްއެމް އަދި ސީޑީއެމްއޭ އިންޓަސެޕްޝަން މެތަޑްތައް ބައިޕާސް ކުރެ އެވެ. ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގައި ޗައިނާގެ ޓެކްނޮލޮޖީ ހުރުމުން ހަނގުރާމަވެރިންގެ އޮޕަރޭޝަންތަކަށް މަގުފަހިކޮށްދިނުމުގައި ބެއިޖިންގެ ނުސީދާ ދައުރާ އޮންނަ ކަމާ މެދު ކަންބޮޑުވުން އިންޑިއާއިން ފާޅުކުރާ ކަމަށް ދަ ވީކްއިން ބުނެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *