ޖައުލާނީ އަކީ އެމެރިކާ އުފެއްދުމެއްކަމަށް ބުނާ ބުނުން

އިބްރާހީމްް ސަމީރު
މެއި 21, 2025

ސޫރިޔާގެ ލީޑަރު އަހުމަދު އައްޝަރުއު ޖައުލާނީ އަކީ އެމެރިކާއިން އިދްލިބްގައި ސިޔާސީ ތަމްރީނު ދީފައިވާ ކުރީގެ ހަނގުރާމަވެރިއެއް ކަމަށް ސޫރިޔާގައި ހުންނެވި އެމެރިކާގެ ކުރީގެ ސަފީރު ރޮބަޓް ފޯޑް ދެއްކެވި ވާހަކަތަކާ މެދު ބޮޑު ޖަދަލެއް އުފެދިއްޖެއެވެ. އެމެރިކާ ސަރުކާރުންނާއި ސޫރިޔާ ސަރުކާރުން ވަނީ މި ވާހަކަތައް ބުހުތާނު ދޮގުކަމަށް ބުނެ ކުށްވެރިކޮށްފައެވެ.

ބާލްޓިމޯ ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުން ފޯޑް ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހު އިދްލިބުގައި ރައީސް ޖައުލާނީއާ ބައްދަލުކޮށް، އޭނާ ”ސިޔާސީ ގޮތުން ބައްޓަން ކުރުމަށް“ މަސައްކަތް ކުރެއްވި ކަމަށެވެ. ފޯޑް ވިދާޅުވި ގޮތުގައި، ޖައުލާނީއަށް ހަނގުރާމަވެރި ސިކުނޑިއަކުން ގޮތް ދޫކުރާ ސިޔާސީ ލީޑަރަކަށް ވާނެ ގޮތާއި މައުޟޫއީ ގޮތަކަށް ކަންކަމާ މެދު ވާހަކަ ދައްކާނެ ގޮތުގެ ތަމްރީނު ދެވުނެވެ. ނަމަވެސް، ސޫރިޔާގެ ރައީސް އޮފީހުން މި ވާހަކަތައް ދޮގުކޮށް ބުނެފައިވަނީ، އެއީ ޖައުލާނީއާ ބައްދަލު ކުރެއްވި އެތައް ބައެއްގެ އެތައް ބައްދަލުވުމެއްގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކަކީ އިދްލިބުގެ ތަޖުރިބާ ކިޔައިދިނުމަށް އެތަނަށް ޒިޔާރަތްކުރާ ގިނަ ވަފުދުތަކާއެކު އާދައިގެ މަތިން ބާއްވާ މަޝްވަރާތަކެއްގެ ބައެއް ކަމަށް ސޫރިޔާއިން ބުނެފައިވެއެވެ.

ސޫރިޔާގެ ރައީސް އޮފީހުން އިތުރަށް ބުނެފައިވަނީ، ފޯޑް އިދްލިބަށް ވަޑައިގަތީ އިނގިރޭސިވިލާތުގެ ރިސާޗް އޯގަނައިޒޭޝަނެއްގެ ވަފުދުގައި ކަމަށާއި، އެ ބައްދަލުވުމުގައި ޖައުލާނީއާއެކު މަޝްވަރާކުރެވުނީ އިދްލިބާ ބެހޭ އާންމު މައުޟޫއުތަކާ ބެހޭ ގޮތުން ކަމަށެވެ. އަދި އެ ބައްދަލުވުންތައް ދިޔައީ ފޯޑް ވިދާޅުވާ ގޮތަކަށް ނޫން ކަމަށްވެސް ސޫރިޔާގެ ރައީސް އޮފީހުން ބުނެފައިވެއެވެ.

ފޯޑަކީ 2011 އިން 2014 އަށް ސޫރިޔާގައި ހުންނެވި އެމެރިކާގެ ސަފީރެވެ. އަދި ސޫރިޔާ އިންގިލާބުގެ ކުރީ އަހަރުތަކުގައި ފިތުނަ އުފައްދައި ކަންކަން ރާވައި ދިނުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *