އެފްރިކާގެ މޫސުމާ ގުޅޭ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިފްތިތާޙު ކުރި އިދާރާ

އިބްރާހީމްް ސަމީރު
މެއި 22, 2025

އެފްރިކާގެ ޖައްވީ އިދާރާ އެފްރިކަން ސްޕޭސް އެޖެންސީ (އެފްސާ)، އިފްތިތާޙު ކުރީ މިސްރުގެ ސްޕޭސް ސިޓީގައެވެ. އެފްސާ އަކީ، އެފްރިކަން ޔޫނިއަންގެ އެޖެންޑާ 2063 ގެ ދަށުން، ދުރުން ބިން ބެލުމަށާއި އަވަސް އިންޒާރުދިނުމުގެ ނިޒާމުތައް ރަނގަޅުކުރުމަށް ހިންގޭ ބޭރު ޖައްވުގެ މަސައްކަތްތައް ވިލަރެސްކުރާ އިދާރާއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެފްރިކާއަށް ބޮޑަށް އަސަރުކުރާއިރު، އެ ބައްރުން ތިމާވެށްޓަށް ދޫކުރާ ވިހަ ގޭސްތައް ނިސްބަތުން މަދުކަމުގައި ވިޔަސް، ރަނގަޅު ފެންވަރުގެ މަޢުލޫމާތު ނެތުމުގެ ސަބަބުން ކާރިސާތަކަށް ތައްޔާރުވުމަށް ދަތިވެއެވެ. އެފްއެސްއޭ އިން މަސައްކަތްކުރަނީ ހުޅަނގު އެފްރިކާ އަދި ކޮންގޯ ކޯރުގެ ސަރަހައްދުގެ މަސްވެރިންނަށް އަވަސް އިންޒާރު ދިނުމުގެ ނިޒާމު ފަދަ މަޝްރޫޢުތައް ފުޅާކުރުމަށެވެ. މި އެޖެންސީ އުފެދިގެން އައީ ޓްރަމްޕް ސަރުކަރުން ޔޫއެސްއެއިޑް އުވާލުމާ ގުޅިގެން، ނާސާއިން އެހީތެރިވެދޭ މޫސުމާއި ކާރިސާތައް މެނޭޖްކުރުމުގެ މަޝްރޫޢުއެއް ކަމުގައިވާ ސަރވިރް ފަދަ ޕްރޮގްރާމްތައް ވެސް ހުއްޓާލުމަށްފަހުގައެވެ.

މިއީ އެފްރިކާގެ މޫސުމާ ބެހޭ ގޮތުން ލިބޭ މަޢުލޫމާތުގެ ދަތިކަން ހައްލުކުރުމަށާއި އަދި މޫސުމާ ގުޅޭ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި އިފްތިތާޙު ކުރި އިދާރާއެކެވެ.

އެފްސާގެ އެފްޑެވްސެޓް މަޝްރޫޢު އަދި ތަމްރީނު ޕްރޮގްރާމްތަކުގެ މަޤްޞަދަކީ މި ދަތިތައް ހައްލުކުރުމެވެ. އަދި މިކަމަށް 100 މިލިއަން ޔޫރޯގެ އެފްރިކާ-ޔޫރަޕިއަން ޔޫނިއަން ސްޕޭސް ޕާޓްނަރޝިޕް ޕްރޮގްރާމުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އެފްރިކާގެ 55 ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ތެރެއިން، އެފްއސާ އިން މަސައްކަތްކުރަނީ މޫސުމާ ބެހޭ މަޢުލޫމާތު އެއްކުރުން ހަރުދަނާކޮށް، އެއް މަސައްކަތް ޑުޕްލިކޭޓު ވުން ކުޑަކޮށް، އަދި ދުނިޔޭގެ ބޭރު ޖައްވުގެ މަސައްކަތްތަކުގައި އެފްރިކާގެ ދައުރު ފުޅާކުރުމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *