ޔަހޫދީ ސިފައިން މޮރޮކޯގައި

އިބްރާހީމްް ސަމީރު
މެއި 22, 2025

އިޒްރޭލުގެ ދިދައާއި ބްރިގޭޑުގެ ނިޝާނާއެކު ސިފައިން ތިބި ފޮޓޯތައް ދައުރުވުމާ ގުޅިގެން އަރަބި ސޯޝަލް މީޑިއާގައާއި ފަލަސްޠީނަށް ތާއީދުކުރާ ޖަމާޢަތްތަކުން ރުޅިވެރިކަން ފާޅުކޮށްފައިވެއެވެ. އޮންލައިންގައި ދައުރުވަމުންދާ ފޮޓޯތަކުގައި ދައްކައިދެނީ، ޣައްޒާގައި ދިގު މުއްދަތެއް ވަންދެން ގަތުލުއާންމު ހިންގުމުގެ ތުހުމަތު ކުރެވެމުން އައި ޔުނިޓެއް ކަމަށްވާ ގޯލާނީ ބްރިގޭޑުގެ މެންބަރުންގެ، 40 އަށްވުރެ ގިނަ ޤައުމުތަކުގެ ސިފައިންނާއެކު އެކުގައި ތަމްރީންތަކުގައި ބައިވެރިވަމުންދާ މަންޒަރެވެ.

އެމެރިކާގެ އިސްނެގުމުގެ މަތިން މޮރޮކޯގައި ބާއްވާ އެފްރިކަން ލަޔަން 2025 ސިފައިންގެ ތަމްރީންގައި އިޒްރޭލުގެ ގޮލާނީ ބްރިގޭޑް ބައިވެރިވުމާ ގުޅިގެން އަރަބި ދުނިޔޭގައި ފުޅާ ދާއިރާއެއްގައި ކުށްވެރިކުރުންތަކެއް ކުރިމަތި ވެފައި ވެއެވެ.

ފަލަސްޠީނުގެ ޖަމާއަތްތަކުން ވަނީ ޔަހޫދީ މުޖުރިމުންގެ ބައިވެރިވުން ކުށްވެރިކޮށް، އެއީ ”ނާޒީ“ ބާރެއް ކަމަށް ބނފައެވެ. އެ ޖަމާޢަތުން ނެރުނު ބަޔާނެއްގައި، އިޒްރޭލަށް އެއްބާރުލުން ދިނުމުގެ ތެރެއިން މޮރޮކޯއިން ”އަޚްލާޤީ އަދި އިންސާނީ މިންގަނޑުތައް ދަށަށް ގޮސްފައިވާ“ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ދެކުނު ރަފާގައި ޖަމާޢީ މަގްބަރާއެއް ފެނުނު ކަމަށް އދ. އިން ކަށަވަރުކޮށްދީފައިވެއެވެ. އެތަނުން ފެނިފައިވަނީ ފުރަތަމަ އެހީ ދޭ 15 މެޑިކަލް މުވައްޒަފުންނާއި، އެހީތެރިންނާއި، އދ. ގެ މުވައްޒަފުންގެ ގަބުރުތަކެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ ޔުނިފޯމުގައި އަދި ފުރަގަހަށް ބިޑި އަޅުވާފައި ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. މި މީހުންނަށް ފުގަހުން ބަޑިޖަހައި، ވަޅުލާފައިވާ ކަމަށް ވެއެވެ.

މި މަރުތަކާއި، އެ ސަރަޙައްދުގައި ހުރި އެމްބިއުލާންސްތަކާއި ކުއްލި އެހީދޭ އުޅަނދުތައް ހަލާކުކުރުމުގެ ޒިންމާ އުފުލަންޖެހޭނީ ގޯލާން ބްރިގޭޑުން ކަމަށް ތުހުމަތުކުރެވެއެވެ. މި ރައްދުތައް އަންނަނީ ޣައްޒާގައި ޖަރީމާތައް ހންގައ ގަތުލުއާންމު ވެފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް 61,700 އަށްވުރެ ގިނަ ފަލަސްޠީނުން ޝަހީދުކޮށްފައި ވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *