ޔަހޫދީން ޔޫއޭއީއާއެކު ވެފައިވާ އެއްބަސްވުމެއް

އިބްރާހީމްް ސަމީރު
މެއި 22, 2025

އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލުއާންމަށް ބައިނަލްއަގްވާމީ ފިއްތުން އިތުރު ވަމުން ދިއުމާ ގުޅިގެން ޔޫއޭއީން ބުނަނީ އިޒްރޭލުން މިހާރު ކާނާގެ އެހީ ވެއްދުމަށް އެއްބަސްވެއްޖެ ކަމަށެވެ.

ޔޫއޭއީން ބައިނަލްއަގްވާމީ މުޖުތަމައުގައި އިޒްރޭލާ ގުޅިގެން އަނދުން އަޅުވަން މަސައްކަތް ކުރާއިރު ޔަހޫދީންގެ އިސްވެރިން ބުނަނީ ޣައްޒާއަށް ބޮން އަޅައި ކުޑަ ކުދިންވެސް މަރާލަންވީ ކަމަށެވެ.

ޔޫއޭއީގެ ދައުލަތުގެ ނޫސް އެޖެންސީ ވެމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަގުފަހި ކުރުމަށް ޔޫއޭއީއާއި އިޒްރޭލުގެ ޚާރިޖީ ވަޒީރުން ފޯނު ސައްލާއެއްގައި އެއްބަސްވެފައި ވެއެވެ. މިއީ ޔަހޫދީން ޔޫއޭއީއާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށް އަބޫދާބީން ބުނެއެވެ.

ޔޫރަޕްގެ ޤައުމުތަކަށް ނުހޮރޮއްޕާނަކަށް ވެފައިވާ އިޒްރޭލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަސައްކަތް ފެށުމާއެކު ޔޫއޭއީން އިޒްރޭލު ސަލާމަތް ކޮށްދިނުމަށް މަސައްކަތް ފަށައިފިއެވެ.

އިޒްރޭލުގެ ސިފައިން ބުދަ ދުވަހު ވެސް ޣައްޒާއަށް ބޮން އަލައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައި ވެއެވެ. ފަތިހުން ފެށިގެން 38 މީހުން ޝަހީދު ކޮށްފައި ވެއެވެ.

މި އެއްބަސްވުމުގައި އެއްބަސްވެފައި ވަނީ ފުރަތަމައަށް ޣައްޒާގެ 2 މިލިއަން މީހުންގެ ތެރޭން 15 ހާސް މީހުންނަށް ޔޫއޭއީގެ ޝެއިޚުން މެދުވެރިވެގެން ކާންދޭށެވެ! އަދި ފަހުން އެކަން ފުޅާކޮށް ބޭކެރީއަށް ބޭނުންވާ ސާމާނާއި ތުއްތު ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ވައްދާނެ ކަމަށެވެ.

ދުނިޔޭގެ ޕްރެޝަރަށް ނުކަތައިގެން ޔަހޫދީން ފުރަތަމަ ދުވަހު ޣައްޒާއަށް ވައްދާފައި ވަނީ 9 ލޮރިއެވެ. ދެވަނަ ދުވަހު އެއްވެސް އެއްޗެއް ވެއްދިޔަ ނުދިނެވެ. އަދި ޔޫއޭއީން 15 ހސް މީހުންނަށް ކާން ދޭން އިޒްރޭލާއެކު އެއްބަސްވުކަކީ ހެއްވާ ޖޯކެކެވެ.

ޣައްޒާއަށް ކާނާއާއި ބޭސް ވެއްދުމަށް ޔަހޫދީން މަނާކޮށްފައިވާތާ 3 މަސް ވެއްޖެއެވެ. އަދި ފެނާއި ނަރުދަމާވެސް ޔަހޫދީން ވަނީ ހަލާކުކޮށްލާފައެވެ.

މިއަދުވެސް ބޮން އަޅަމުން ދެއެވެ. މިއަދު އެއްތަނަކުން ޝަހީދުކޮށްލި 24 މީހުން ތިބީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައެވެ.

މި މަރާލުމާއި ހަމަލާތައް ކުރިއަށް ގެންދިޔައީ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި އިޒްރޭލުގެ ސިޔާސީ ބޭފުޅުންގެ ވާހަކަތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. އޭނާ އިތުރަށް ވިދާޅުވީ ”އަޅުގަނޑުމެންނަށް ބޭނުންވަނީ ޣައްޒާ ހިސޯރުކޮށް އެތަން ހަމަޖެއްސުން، އަދި ޣައްޒާގެ އެންމެ ކުޑަކުއްޖަކުވެސް އެތަނުގައި ބާކީ ނުވާނެ، އިތުރު ކާމިޔާބީއެއް ނެތް“ ކަމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *