ސީއައިއޭގެ މައި ގޭޓު ވަނީ ބަންދުކޮށްފައެވެ.

އިބްރާހީމްް ސަމީރު
މެއި 23, 2025

ވަރޖީނިއާ ސްޓޭޓްގެ ލޭންގްލީގައި ހުންނަ އެމެރިކާގެ މަރުކަޒީ ޖާސޫސީ ސީއައިއޭގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓު ކައިރިން ކާރެއްގައި އައި އަންހެނަކާ ކުރިމަތިލައިފައެވެ.  އަދި މި އަންހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ސީއައިއޭގެ މައި ގޭޓު ވަނީ ބަންދުކޮށްފައެވެ. އަދި މުވައްޒަފުންނަށް ވަނީ އެހެން މަގުތަކުން އޮފީހަށް އައުމަށް އަންގާފައެވެ. މި ހާދިސާއަކީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ސީއައިއޭގެ މައި އޮފީހުގެ ކުރިމަތީގައި ހިނަގި މިފަދަ ދެވަނަ ހާދިސާއެވެ.

ސީބީއެސް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީއައިއޭގެ ސެކިއުރިޓީ އޮފިސަރުން ވަނީ މައި ގޭޓާ ކައިރިވި މީހާ ހުއްޓުމަށް އެންގުމުންވެސް ނުހުއްޓި ކުރިއަށް ދިޔުމުން ބަޑި ޖަހާފައެވެ. މި އަންހެން މީހާގެ މެއަށް ވަނީ ވަޒަން އަރައި އަނިޔާވެފައެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ނެތް ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *