ފީލްޑް މާޝަލްގެ މަޤާމަކީ ސިފައިންގެ ފަސް ތަރީގެ މަޤާމެކެވެ.

އިބްރާހީމްް ސަމީރު
މެއި 23, 2025

އިއްޔެ އިސްލާމާބާދުގެ އީވާނޭ ސަދުރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އަސާ ހަވާލުކޮށް ދެވުނު، އާސިމް މުނީރުގެ ތަރި ވިލާދީ، އޮޕަރޭޝަން ބުންޔާނުން މަރުސޫސުންނެވެ. އޭނާއަކީ ކުރިން ބާލާކޯޓުގެ ދުވަސްވަރު ސިފައިންގެ ޖާސޫސީ އިދަރާގެ އިސްވެރިއަކަށް ހުންނވި ފަރާތެވެ. ދެކުނު އޭޝިއާގައި ސިފައިންގެ ޚިދުމަތުގައި ހުންނެވި ހަމައެކަނި ފީލްޑް މާޝަލްގެ މަގާމަށް ޕާކިސްތާން ސިފައިންގެ ވެރިޔާ އާސިމް މުނީރު ޕްރޮމޯޓު ކުރެއްވުމާ ގުޅިގެން އޭނާއަށް ފީލްޑް މާޝަލްގެ މަޤާމުގެ އަސާ ޙަވާލުކޮށް ދެއްވައިފިއެވެ. މިއަސާ ހަވާލުކޮށް ދެއްވީ ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އެވެ.

ފީލްޑް މާޝަލް ސައްޔިދު އާސިމް މުނީރާއެކު ދެކުނު އޭޝިއާގައި ދެން ފީލްޑް މާޝަލްގެ ރޭންކްގެ ސިފައިންގެ ބޭފުޅަކަށް ހުންނަވާނީ ސްރީލަންކާގެ ރިޓަޔަރޑް، ފީލްޑް މާޝަލް ސަރަތު ފޮންސެކާއެވެ.

މިއާއެކު އިންޑިއާއާއި ސްރީލަންކާއިން ކުރެ ކޮންމެ ގައުމަކަށްވެސް ދެ ފީލްޑް މާޝަލުން ލިބުނީއެވެ. އިންޑިއާގެ ދެ ފީލްޑް މާޝަލް ކަމަށްވާ ފީލްޑް މާޝަލް ކަރިއައްޕާއާއި ފީލްޑް މާޝަލް މަނިންކްޝޯ ވަނީ އަވަހާރަ ވެފައެވެ. ޕާކިސްތާންގެ ކުރީގެ ފީލްޑް މާޝަލް އައްޔޫބު ޚާންވެސް ވަނީ އަވަހާރަވެފައެވެ. ދެކުނު އޭޝިއާގައި އެންމެ ގިނަ ފީލްޑް މާޝަލުންގެ ދަރަޖަ ދީފައި ވަނީ އަފްޣާނިސްތާންގައެވެ، އެއީ 3 އެވެ. އެ ޝަރަފް ލިބުނު އެންމެ ފަހު މީހާއަކީ އަބްދުއްރަޝީދު ދޯސްތަމްއެވެ.

ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވަނީ އާސިމް މުނީރު ޕްރޮމޯޓު ކުރެއްވުމުގެ ޚިޔާލަކީ އޭނާގެ އައިޑިއާއެއް ކަމަށެވެ.

ފީލްޑް މާޝަލްގެ މަޤާމަކީ ސިފައިންގެ ފަސް ތަރީގެ މަޤާމެކެވެ. މި މަގާމު ލިބިވަޑައިގަންނަވަނީ އާދަޔާޚިލާފަށް މަތީފެންވަރުގެ ހުނަރެއް ދައްކަވާ ޖެނަރަލުންނަށެވެ.

އެންމެ ގިނަ ފީލްޑް މާޝަލުން މިއަދާ ހަމައަށް ތިބީ ޔޫކޭގައެވެ. އެއީ 141 އެވެ. އެއަށްފަހު، 64 ފީލްޑް މާޝަލުން ތިބި ރަޝިޔާއެވެ. އަދި 3 ވަނައަށް 10 ފީލްޑް މާޝަލުންނާއެކު ޗައިނާ އެވެ. ތުރުކީ އިންޑިއާ ޕާކސްތާނުން ކުރެ ކޮންމެ ގައުމެއްގައި 2 އެވެ. އެހެން ބައެއް ވަނދު ގައުމުތަކުގައި ދުވަހަކު ބަޑިއެއްގައި އަތްލާފައި ނުވާ ފަރާތްތަކަށްވެސް އެ ޝަރަފް ދެވިފައި ވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *