ރައުދުގެ ބަންދަށް ފަސް ދުވަސް

މުހައްމަދު އަލީ
މެއި 23, 2025

އެޕްރީލް އަށާރަ ވަނަ ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްޔަވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ގ. އެރިއަދޫ ރައުދު އަހުމްދު ޒިލާލް ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލާގައި އޭނާ ފުރަތަމަ ހައްޔަރު ކުރީ އެޕްރީލް ސައުވީސް ވަނަ ދުވަހުއެވެ. އެފަހަރު އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދިނެވެ. އެ މުއްދަތު ހަމަވުމުން އިތުރު ދިހަ ދުވަހަށް ބަންދުކުރިއެވެ. އެފަހުން އަނެއްކާ އިތުރު ފަސް ދުވަހަށް ބަންދު ކުރިއެވެ. އެމުއްދަތު ހަމަވެގެން މިމަހުގެ ސަތާރަ ވަނަ ދުވަހު ކްރިމިނަލް ކޯޓުންވަނީ އޭނާގެ ބަންދަށް ވިހި ދުވަސް ޖަހައި ދީފައެވެ. އެ މުއްދަތު ހަމަނުވަނީސް އިއްޔެ އޭނާ ދޫކޮށްލިއެވެ. އެހެނަސް މާގިނައިރުތަކެއް ނުވަނީސް އަލުން ކޯޓު އަމުރެއް ހޯދައިގެން ހަމަ އެދުވަހު އޭނާ ހައްޔަރުކުރިއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ދޫކޮށްލީ ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށެވެ. އެކަން ފުރިހަމަ ކުރުމަށްފަހު ކޯޓުން އަލުން އަމުރު ހޯދައިގެން އިއްޔެ އޭނާ ހައްޔަރުކޮށް މިއަދު ކޯޓަށް ގެންދިއުމުން ފަސް ދުވަހަށް ބަންދު ކުރަން އަމުރު ކުރީއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *