އިސްލާމީ ގައުމުތަކުން ފްރާންސާ މަޝްވަރާ ކޮށްފި

އިބްރާހީމްް ސަމީރު
މެއި 27, 2025

ޒަޔަނިސްޓު އިސްތިއުމާރުތަކުން ފަލަސްޠީނު ރައްޔިތުންނާއި ހިފާފައިވާ ފަލަސްޠީނުގެ މައްޗަށް ހިންގާ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ހުރިހާ އަނިޔާތަކެއް ހުއްޓުވުމަށް އެކުގައި ކުރާ މަސައްކަތްތައް ހަރުދަނާކުރުމާ މެދު ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބާރޯއާއެކު، ”އިއްތިހާދީ އަރަބި އިސްލާމީ މިނިސްޓީރިއަލް ކޮމިޓީ“ އިން ޕެރިހުގައި، މަޝްވަރާ ކޮށްފިއެވެ.

ކޮމިޓީގެ ވަފުދުގައި ހިމެނެނީ، ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްޙާންގެ އިތުރުން ޖޯޑަންގެ ޚާރިޖީ ވަޒީރު އަދި ޑެޕިއުޓީ ބޮޑުވަޒީރު އައިމަން ސަފަދީ، މިސްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު އަބްދުލްއާޠީ، އަދި ސައުދީ ވަޒީރުގެ ސިޔާސީ ކަންކަމުގެ ލަފާދޭ ފަރާތް އަމީރު މުސްއަބް ބިން މުޙައްމަދު އަލްފަރްޙާންއެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއި ފްރާންސްގެ ލީޑާޝިޕްގައި ޖޫން މަހުގެ 17 އިން 20 އަށް ނިއު ޔޯކް ސިޓީގައި އދން ބާއްވާ ދެ ދައުލަތުގެ ހައްލާ ބެހޭ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްއަށް ތައްޔާރު ވުމަށްވެސް މަޝްވަރާ ކުރިއެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މެދުއިރުމަތީގައި ސުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމާއި، ސަރަޙައްދުގެ ރައްކާތެރިކަމާއި ކުރިއެރުން ހޯދުމަށްޓަކައި ކަމާގުޅޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ މެދު ވެސް މަޝްވަރާކުރިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *