ޝަހީދުންގެ އަދަދު ބައިލައްކައަށް ވުރެން އިތުރު ވެއްޖެ

އިބްރާހީމްް ސަމީރު
މެއި 27, 2025

އަގްސާ ޠޫފާނުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ ނާޒީ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 53،822 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 122،382 އަށް އަރާފައިވެއެވެ. 18 މާރޗް 2025 ގައި ފެށުނު އިޒްރޭލުގެ އެންމެ ފަހުގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 3،673 އަށް އަދި ޒަޚަމްވި މީހުންގެ އަދަދު 10،341 އަށް އަރާފައިވެއެވެ.

ޒަޔަނިސްޓުންގެ އިސްތިއުމާރީ ބާރުތަކާއި ސެޓްލަރުންގެ މިލިޝިއާތަކުން ރާބައިގެން ހިންގި ހަމަލާތަކެއްގައި ހުޅަނގު އައްސޭރީގެ ގެތަކެއްގައި މިއަދު ފަތިހު ހުޅުޖަހައިފިއެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކަށެވެ. މިކަން ހިންގަމުން ދިޔައިރު ފަލަސްޠީނު މީހުންނާ ދެކޮޅަށް ބަޑި ޖެހުމާއި ގެތަކުގައި އަލިފާން ރޯކުރުމާއި، ފުޅާ ދާއިރާއެއްގައި ތަންތަން ހަލާކު ކުރުން މުގެ ކަންކަން ކުރިއަށް ގެންދިޔައެވެ.

ހުޅަނގު އައްސޭރީގެ ސަލްފީތުގެ ހުޅަނގުގައިވާ ބުރޫޤީން ރަށުގައި، ޔަހޫދީ ސެޓްލަރުން ވަނީ މިއަދު ހުކުރު ދުވަހުގެ މެންދުރުފަހު އަލުން ހަމަލާތައް ދީފައެވެ. އެމީހުންނާ ދެކޮޅަށް ފަލަސްތީނުގެ މީހުން ނުކުތުމުން އެމީހުންނަށްވެސް ބަޑިޖަހާފައި ވެއެވެ. އަދި މިސްކިތްތަކުގެ ތާޅަފިލިތަކުން އާންމު ރައްޔިތުންނަށް ގޮވާފައި ވަނީ، އެންމެ ނުކުމެ ރަށް ދިފާއު ކޮށްދޭށެވެ.

ކުރީ ރޭގެ ހަމަލާގައި ފަލަސްތީނުގެ ގެތައް ރޯކުރަން މަސައްކަތް ކޮށްފައި ވެއެވެ. އަދި ފަލަސްޠީނު މީހުންގެ ބައެއް އުޅަނދުތައްވެސް ރޯކޮށްފައ ވެއެވެ.

މި ހަމަލަތަކާ ދެކޮޅަށް ކުރިމަތި ލުމަށް ނިކުތް ދެ މީހެއްގެ ގެ ތަޅާލާނެ ކަމުގެ އިންޒާރު ޔަހޫދީ ސިފައިން ވަނީ ދީފައެވެ.އަދި އިތުރަށް އެމީހުންނަށް ތުހުމަތުކޮށްފައި ވަނީ، ޝަހީދު ނާއިލް ސަމާރާއަށް އެހީތެރިވި ކަމަށެވެ. ނާއިލް ސަމާރާއަކީ ސަލްފީތު ކައިރީގައި ހިންގި ހަމަލާއެއްގައި ޔަހޫދީންގެ ނުލަފާ ސެޓްލަރަކު މަރާލައި އިތުރު ޔަހޫދީ ސެޓްލަރަކު ޒަޚަމްކުރި މީހާއެވެ.

މިއަދު ހެނދުނު ސެޓްލަރުންގެ ގްރޫޕުތަކެއް ވަނީ ރާމަﷲގެ އުތުރުގައިވާ ސިންޖީލް އަވަށަށް ވަދެ، ފަލަސްޠީނު މީހުންގެ ދަނޑުތަކަށް ގެއްލުން ދީފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *