ތައިވާނުގެ ވެރިރަށް ތައިޕޭއަށް ޔޫކޭގެ ލޭބަރ ޕާޓީގެ 5 އެމްޕީންގެ ވަފުދެއް ޒިޔާރަތްކޮށްފިއެވެ.

އިބްރާހީމްް ސަމީރު
މެއި 28, 2025

މިއީ ޔޫކޭގައި ލޭބަރ ޕާޓީ ވެރިކަމަށް އައި ފަހުން އެޕާޓީގެ އެމްޕީން ތައިވާނަށް ކުރި ފުރަތަމަ ޒިޔާރަތެވެ.

”ލޭބަރ ފްރެންޑްސް އޮފް ތައިވާން“ ގެ ބައެއްގެ ގޮތުގައި މި ޒިޔާރަތުގައި ބައިވެރިވެފައިވަނީ ނަވެންދު މިޝްރާ (ސްޓޮކްޕޯޓް)، ޕައުލާ ބާކަރ (ލިވަޕޫލް ވޯޓަރްޓްރީ)، ކޮނަރ ނައިސްމިތު (ކްރޫ އެންޑް ނަންޓްވިޗް)، ގިލް ފަރނިސް (ޝެފީލްޑް ބްރައިޓްސައިޑް އެންޑް ހިލްސްބޮރޯ)، އަދި ތާހިރު އަލީ (ބާމިންގހަމް ހޯލް ގްރީން) އެވެ.

މި ވަފުދުގެ މަޤްޞަދަކީ ތައިވާނުގެ ސަރުކާރު އޮފިޝަލުންނާއި، ޕާލަމެންޓޭރިއަނުންނާއި، ޔޫނިއަންތަކާއި، ވިޔަފާރިތަކާއި އަދި މަދަނީ ޖަމްޢިއްޔާތަކާ ބައްދަލުކޮށް ޔޫކޭއާއި ތައިވާން ގުޅުން ބަދަހިކުރުމެވެ. ލޭބަރ ފްރެންޑްސް އޮފް ތައިވާންގެ ބައިވެރިއެއް ކަމަށްވާ އެ ޖަމާއަތުގެ ޗެއަރ ނަވެންދު މިޝްރާ ވިދާޅުވީ މި ޒިޔާރަތުގެ އަމާޒަކީ ޢަމަލީ ގުޅުންތައް ޤާއިމުކުރުން ކަމަށާއި، މިނިވަންކަމާއި، ހަމަހަމަކަމާއި އަދި ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަގު ދޭ ދެ މުޖުތަމަޢުގެ ދެމެދުގައި ޙަޤީޤީ އަދި ޢަމަލީ ގުޅުންތަކެއް ޤާއިމުކުރުމަށް ކަމަށެވެ.

މި ޒިޔާރަތް ދިމާވެފައި ވަނީ ސަރަޙައްދުގައި ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި މަހު ޗައިނާއިން ތައިވާނުގެ ވަށައިގެން ބޮޑެތި ސިފައިންގެ ތަމްރީންތަކެއް ހިންގައި، ތައިވާނުގެ ލީޑަރުންނަކީ ”ވަކިވަކިވުމަށް މަސައްކަތްކުރާ ބާޣީ ބައެއް“ ކަމަށް ތުހުމަތުކުރިއެވެ. މިކަމާ ގުޅިގެން ޔޫކޭގެ ފޮރިން އޮފީހުން ކަންބޮޑުވުން ފާޅުކޮށް، މިފަދަ ތަމް،ރީންތައް ތައިވާން ކަނޑުއޮޅީގައި ނުބޭއްވުމަށާއި އެފަދަ ކަންކަމުން ހަލަބޮލިކަން އިތުރުވެދާނެކަމަށް ބުނެފައިވެއެވެ.

ތައިވާނުގެ ފޮރިން މިނިސްޓަރު މި ވަފުދަށް މަރުޙަބާ ވިދާޅުވެ، ވިޔަފާރި، ޓެކްނޮލޮޖީ އަދި ސަލާމަތީ ދާއިރާތާއިރާތަކުގައި ގުޅުން ވަރުގަދަކޮށް، މިނިވަން އިންޑޯ ޕެސިފިކް ސަރަޙައްދެއް ކުރިއެރުވުމަށް އުންމީދު ފާޅުކުރެއްވިއެވެ. މި ޒިޔާރަތުން ފާހަގަކޮށްދެނީ ބެއިޖިންގ އިން ތައިވާނަކީ އެޤައުމުގެ ބައެއް ކަމަށް ދަޢުވާކުރަމުންދާއިރު، އަމިއްލަ ސަރުކާރާއި، ސިފައިންނާއި އަދި ފައިސާގެ ނިޒާމެއް އޮތް މިނިވަން ޤައުމެއްގެ ގޮތުގައި ހިންގަމުންދާ ތައިވާނާމެދު ދުނިޔެއިން ދެކޭ ގޮތެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *