އެފްޓީއޭގެ ވާހަކަ ހިމަނާފައި ނުވާތީ އެމްޑީޕީގެ ކަންބޮޑުވުން

މުހައްމަދު އަލީ
ޖޫން 1, 2025

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އިނގިރޭސިވިލާތާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އެގޮތުން މި މަޝްވަރާއަށްފަހު އިނގިރޭސިވިލާތަށް ރާއްޖެއިން ބޭރުކުރާ މަހަށްނަގަމުންއައި ޑިއުޓީ ވަނީ ސައުވީސް ޕަސެންޓުން ވިހި ޕަސެންޓަށް ތިރިކުރުމަށް އެއްބަސްވެފައެވެ. މިކަމަށް އެއްބަސްވެފައިވަނީ ދެހާސް ވިހިވަނަ އަހަރުއެވެ.

އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަނިކޮށް، މިފަހަރުގެ ޑައަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. ރައީސް ސާލިހުގެ ސަރުކާރާއި ޔޫކޭ ސަރުކާރުން ވަނީ މިއެއްބަސްވުން އެކުލަވާލުމަށްފަހު 2025 ވަނަ އަހަރު އެއްބަސްވުން ތަންފީޒު ކުރުމަށްވެސް އޭރު ވަނީ ނިންމައިފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނޭ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ދިވެހިރާއްޖެއޮން ވެލިއު އެޑު ކުރެވިގެން އެންމެގިނައިން އެކްސްޕޯޓުކުރަނީ ދަޅުމަހެވެ. އޭގެ ތެރެއިން ފަންސާސް ޕަސެންޓު ބޭރު ކުރަނީ އިނގިރޭސިވިލާތަށެވެ. އެގައުމުން ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ އިންޕޯޓު ޑިއުޓީ ސުން ޕަސެންޓަށް ބަދަލުވިނަމަ އެކަމުގެ މަންފާ މަސްވެރިންނަށް އިންތިހާއަށް ލިބިގެންދާނޭ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *