އިންޑިއާގެ ޖައްވީ އަދި ސައިންސް މިޝަންތައް ކުރިއަށް ގެންދަނީ ތާރީހެއް ހަދަމުންދާ ހުނަރުވެރި އަންހެން ސައިންސްވެރިންނެވެ. ޗަންދްރަޔާން-2 މިޝަނަށް މަގުދައްކައިދިން ޑރ.އެމް ވަނީތާ އާއި އަދީއްޔާ-އެލް1 ސޯލާ މިޝަން ގައި އިސްކޮށް އުޅުނު ސައިންސްވެރިން އިންސްޕަޔަރ ކުރާ އެހެން އަންހެނުންގެ ތެރޭގައި އިންޑިއާގެ ފުރަތަމަ އަންހެން ސެޓެލައިޓް ޕްރޮޖެކްޓް ޑިރެކްޓަރު އަނޫރާދާ ޓީ.ކޭ އާއި އަގްނީ މިސައިލްތަކުގައި މަސައްކަތް ކުރުމުން ”މިސައިލް ވުމަން“ ގެ ނަމުން މަޝްހޫރު ޓެސީ ތޯމަސް ހިމެނެ އެވެ.
މި އަންހެނުން ވަނީ މާސް އޯބިޓަރ އާއި އިންޑިއާގެ އިންސާނީ ޖައްވީ ދަތުރު ޕްރޮގްރާމް ކަމަށްވާ ގަގަޔާން ފަދަ މުހިންމު މަޝްރޫއުތައް އުދުއްސުމުގައި ބައިވެރި ވެފައެވެ.
މި ސައިންޓިސްޓުންނަށް ވަޒީފާގެ މަސައްކަތާއި އާއިލާގެ ޒިންމާތައް ބެލެންސް ކުރުން ފަދަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އިސްރޯ ފަދަ ޖަމިއްޔާތަކުގެ ބުރަ މަސައްކަތާއި އެމީހުންނަށް ވަޒީފައި ލިބޭ ތާއީދުގެ ތެރެއިން ކާމިޔާބީ ހޯދިފައި ވެއެވެ.
މި ސައިންޓިސްޓުންގެ ކާމިޔާބީތަކުގެ ސަބަބުން ޒުވާން އަންހެން ކުދިންނަށް ސައިންސް އަދި ޓެކްނޮލޮޖީގެ ކެރިއަރުގައި ކުރިއަށް ދިއުމަށް ބާރަކަށް ވެގެން ގޮސްފައި ވެއެވެ. 500 އަށް ވުރެ ގިނަ އަންހެން ސައިންސްވެރިންނާއެކު އިންޑިއާގެ ޖައްވީ ޕްރޮގްރާމް ކުރިއަށްދާއިރު، ސައިންސްގައި އަންހެނުންގެ މުހިންމު ދައުރު ދައްކުވައިދޭ ވީނަސް އޯބިޓަރ މިޝަން ފަދަ ބޮޑު ލަނޑުދަނޑިތަކަށް ކާމޔާބު ކުރުމަށް އަމާޒު ހިފާފައިވެއެވެ.