ފ. ނިލަންދޫއިން ގެއްލިގެން ހޯދަމުންދިޔަ ސާދަ އަހަރުގެ އަންހެން ކުއްޖާ ރޭ ދަންވަރު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ފެނިފައިވަނީ ރޭ ދަންވަރު 2:40 އެހައިކަންހާއިރު ކަމަށެވެ. އޭނާ ފެނުނީ ކޮންތާކުން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފެނުނުއިރު ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭ 9:15 އެހައިންކަންއިރު ކަމަށެވެ.
އޭނާ ހޯދަން ފެށީ އިއްޔެ ހަވީރު ގެއިން ނުކުތް ގޮތަށް ޚަބަރެއް ނުވާކަމަށް އާއިލާއިން ފުލުހަށް ރިޕޯޓު ކުރުމުންނެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރީ ފުލުހުންނާއި ރަށު ކައުންސިލް ގުޅިގެންނެވެ.






