ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް

މުހައްމަދު އަލީ
ސެޕްޓެމްބަރ 17, 2025

ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން މިއަދު ބުނީ ނޯތު ސެންޓްރަލް ޕޮލިސް (އއ. އދ. ކ. ވ.) ގައި ހިމެނޭ ރަށެއްގެ މީހަކު ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖީންސީގޯނާ ކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 14ގައި ކަމަށެވެ.

އެމީހާއަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށާއި އެ މީހާއާ ގުޅުން ހުރި އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އެއީވެސް ޖިންސީގޯނާގެ މައްސަލައެކެވެ.

މި ލިޔުމާ ގުޅޭ