ސިފައިންނާއި ފުލުހުންގެ މުއައްސަސާ ޚަރާބުކޮށްފި: ފައްޔާޒު

މުހައްމަދު އަލީ
އޮކްޓޯބަރ 6, 2025

ޕީއެންސީ މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ސިފައިންނާއި ފުލުހުންގެ (ދެ މުއައްސަސާ) ސިޔާސީކޮށް ޚަރާބުކޮށްފި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ”ޚުދުމުހުތާރުކަން ދައްކައި ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ތިޔަ ކުރައްވަނީ އެ މުއައްސަސާއަށް މަލާމާތް،“ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ކުރުމާއި އެ އަމުރުތައް ތަންފީޒުކުރަން ވަޒީފާގެ ބިރު ދައްކާ ޕާޓީތަކެއް ކަމަށެވެ. ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް ކަމަށްވސް ވިދާޅުވެފައިވެއެވެ.

”ރައްޔިތުން، އެ ދެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަނީ ތިޔަ ޕާޓިން. އެމްޑީޕީގެ ފަސް އަހަރު ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް،ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު. މި ކަންކަމަށް އެ ދެ މުއައްސަސާގެ ގިނަ ބަޔަކު ހެކިވާނެ،“ އޭނާ ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ