ކެއްސާތި ބޯ ބޭސް ލިޔެދިން ޑޮކްޓަރު ހައްޔަރުކޮށްފި

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 6, 2025

އިންޑިއާގެ މަދްޔަޕްރަދޭޝްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ. ޕްރަވީން ސޯނީ ހައްޔަރު ކޮށްފިއެވެ. އޭނާ ވަނީ މޫސުމީ ހުމާ ގުޅިގެން ކުދިންނަށް އޭނާ ދެމުންދިޔަ ފަރުވާގެ ދިފާއުގައި ވާހަކަދައްކާފައެވެ. މިއީ ކެއްސާތީ ދޭ ކޯލްޑްރިފް ސިރަޕު ބޮއެގެން 16 ކުދިން މަރުވެފައިވާ މައްސަލައިގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ބުނެފައިވާ ވާހަކައެވެ.

އިންޑިއާ މީޑިއާއާ ވާހަކަ ދައްކަމުން ޑރ. ސޯނީ ބުނެފައިވަނީ، އެ ކޯފް ސިރަޕަކީ އެއްދުވަހުގެ ފަރުވާއެއްގެ ގޮތުގައި ދޭ އެއްޗެއް ނޫން ކަމަށާއި، އެ ކުންފުނީގެ ބޭސްތައް އޭނާ ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހު ދެމުން ގޮސްފައިވާނެ ކަމަށެވެ.

އަދި ޕްރައިމަރީ ޑޮކްޓަރަކު ބޭހުގައި ހިމެނޭ ފޯމިއުލާ ނިންމާ ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، އެމީހުންނަށް ލިބެނީ ބަންދުކޮށްފައި ހުންނަ ބޭސްތައް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުމާ ގުޅޭ