އަންނަ އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށް، ތަޅުމަށް ފޮނުވައިފި

އިބްރާހީމްް ސަމީރު
ނޮވެމްބަރ 20, 2025

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން ވަނީ އެ ބަޖެޓު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. މިގޮތުން، ބަޖެޓާ ގުޅޭ ފަހު ބަހުސްތައް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދެވޭނެއެވެ.

މި ބަޖެޓުގެ މުހިންމު އަދަދުތަކަށް ބަލާއިރު:

  • ޖުމްލަ ބަޖެޓު: 64 ބިލިއަން ރުފިޔާ
  • ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ
  • ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 39.9 ބިލިއަން ރުފިޔާ
  • ޑެފިސިޓު: 8.8 ބިލިއަން ރުފިޔާ
  • ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ: 5.3 ފަސެންޓު

މި ބަޖެޓު ފާސްކުރިއިރު، ދައުލަތުގެ އާމްދަނީ އިތުރުވަމުންދާ ކަންކަމަށް ވެސް މީރާ ރިޕޯޓްތަކުން ދައްކައެވެ. ދައުލަތަށް މިދިޔަ މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މި އަހަރު ޓޫރިޒަމް ސެކްޓާއިން ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް މީރާ މެދުވެރިކޮށް ދައުލަތަށް ޑޮލަރުން ބަލައިގަތް އާމްދަނީ 38 ޕަސެންޓު އިތުރުވެ، 1.2 ބިލިއަން ޑޮލަރު ފަހަނަ އަޅައިފި އެވެ. ދައުލަތަށް ލިބޭ އާމްދަނީގެ 95 ޕަސެންޓު ކަލެކްޓުކުރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮލަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 871 މިލިއަން ޑޮލަރެވެ.

މި އާމްދަނީތައް އިތުރުވަމުންދާ ކަމީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ތަންފީޒުކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ބެލެވެއެވެ.

މި ލިޔުމާ ގުޅޭ