އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް: ފޮޓޯ އެމްޑީޕީ

އަމާނުﷲ ބަދަލު ކުރުމަކީ ސަރުކާރުން ދިން އަނިޔާއެއް: ފައްޔާޒު

ހިރި ނިއުސް
ޑިސެމްބަރ 3, 2025

ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ، ސްކޫލުގައި އެރަށު ދޮންބަގީޗާގޭ، އަމާނުﷲ އަދާކުރަމުން ދިޔަ ވަޒީފާ އެއަތޮޅު ދެކުނުބުރީ ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލު ކުރުމަކީ ސަރުކާރުން އޭނާއަށް ދިން އަނިޔާއެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

”ގއ. ގެމަނަފުށީ ސްކޫލުގައި އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކުރުމަކީ އޭނާއަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް. އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއްއް،“ ފައްޔާޒު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ”ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ،“ ކަމަށެވެ.  މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ