ރައީސް ސާލިހަކީ އެއްވެސް އިރެއްގައި އަޅުގަނޑާ ދުރު ބޭފުޅެއް ނޫން: ރައީސް ނަޝީދު

މުހައްމަދު އަލީ
ޑިސެމްބަރ 24, 2025

ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ އެއްވެސް އިރެއްގައި ދުރު ބޭފުޅެއް ނޫންކަމަށް ރައީސް މުހައްމަދު ނަޝީދު ވިދޅުވެއްޖެއެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ދުވަސްތަކެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ކުޑަކޮށް ދެބަސްވުންތަކެއް ކުރިމަތިވިޔަސް މާގިނަ ދުވަސްތަކެއް ވަންދެން ދެބަސްވުމުގެ ތެރޭގައި އުޅުއްވެވޭނޭ ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ. އެގޮތަށް އުޅުއްވުމަކީ ދެބޭފުޅުންނަށް ވެސް އުނދަގޫ ކަމަކަށްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ސާލިހު ވިދާޅުވީ އެދެބޭފުޅުންގެ ގުޅުމަކީ މިއަދަކު އިއްޔެއަކުއޮތް ގުޅުމެއްނޫން ކަމަށެވެ. ދެބޭފުޅުންގެ  މެދުގައި އަބަދުވެސް ޚިޔާލު ތަފާތުވުން އޮންނަ ކަމަށާއި ކުރިއަށް ވަޑައިގަންނަވަނީ އެކަންކަމަށް ހައްލު ހޯއްދަވައިގެން ކަމަށެވެ.

މި ލިޔުމާ ގުޅޭ