ނިމިގެން މިދާ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އަހަރު ނިންމާލީ އެންމެ ގައުބުރިއެއް ވެސް ނުބާއްވައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ނިމިގެން މިދާ އަހަރު މިސަރުކާރުން ”އެންމެ ގާބުރިއެއްވެސް އެންމެ އުވަހަންޖެއްވެސް ނުބާއްވާ. 2025 ވަނަ އަހަރަކީ ބޯހިޔާވަހި ކަމުގެ އަހަރެއް ކަމުގައި ރައީސް އިއުލާންކުރެއްވި.މުޅި ރާއްޖެއަށް ބޯހިޔާވަހިކަން ދެއްވާނެކަމުގައި ވިދާޅުވި 50.56 ބިލިއަން ރުފިޔާގެ ބަޖެޓް ޚަރަދުކޮށް ނިންމާލީ ސަރުކާރުގެ އެތެރޭގައި އޮތީ ދެބުޅަލުގެ އަރާރުން،“
އޭނާ ވިދާޅުވީ“ވަކިބަޔަކަށް ފްލެޓްތައް ބައްސަވާލެއްވުމަށް ބޭނުންފުޅުވާތީ ބޯކިބާފަޅި ބެހުމުގެ ޒުވާބު ރައީސް، ވަޒީރުން، މަޖިލީސް މެންބަރުންނަށް ލިބެންޖެހޭ ބައިބައި ބެހުމުގައި ކޯޅުން ބޮޑުވެގެން ގޮސް ފްލެޓްތައް ނުދެވިގެން އުޅެނީ،“ ކަމަށެވެ. މިހުރިހާ ފަރާތްތަކުގެ ކޯޅުން ބޮޑުވެގެން އެންމެފަހުން ނިކަމެތިކަން މިލިބެނީ ދިވެހި ރައްޔިތުންނަށް ކަމަށް ޝާޖިދު ވިދާޅުވިއެވެ.






