ވާދަވެރިން ގެންދަނީ ސަރުކާރާ ދެކޮޅު ވާހަކަތަކެއް ފަތުރަމުން: މޫސާ ޒަމީރު

މުހައްމަދު އަލީ
ޖެނުއަރީ 6, 2026

ސަރުކާރުގެ ވާދަވެރިން ނުވަތަ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ސަރުކާރާ ގުޅޭ ގޮތުން ހަގީގަތެއްނެތް ދޮގުވާހަކަތަކެއް ފަތުރަމުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު މިހެން ވިދާޅުވީ މާލޭ ޕޯޓު ބޭރުބަޔަކަށް ދޭން ސަރުކާރުން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވަމުންނެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށެވެ. އެއީ މުޅިންވެސް ވާދަވެރިން ދައްކާ ދޮގުވާހަކަތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރުދަނީ ރަނގަޅުވަމުން ކަމަށެވެ. އެއާއެކު ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވެ ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށް ވިދާޅުވިއެވެ. މިހެން ހުށަހަޅާ ޕްރޮޕޯސަލްތައް ރައީސް ބައްލަވާނޭ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަށް ދެރަވާނޭ އެއްވެސްކަމެއް ރައީސް ޑރ. މުއިއްޒު ނުކުރައްވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ސިޔާސީ ވާދަވެރިން ވަނީ ރާއްޖެ ބަނގުރޫޓުވަނީ ކަމަށްބުނެ އަޑުފަތުރައިފައި ކަމަށެވެ. އެހެންނަމަވެސް އަހަރު ފެށިގެން ނުމިގެން ދިޔައިރުވެސް އެކަން އެހެންނުވާ ކަމަށް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ ނުވެސްވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ