ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު ވަކިކުރުމުގެ ސިއްރakI kobawibA?

އިބްރާހީމްް ސަމީރު
ޖެނުއަރީ 23, 2026

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަޖީދު އިބްރާހީމް އެ މަގާމުން ވަކިކުރައްވައިފިއެވެ.

އަބްދުލްމަޖީދު މަގާމުން ވަކިކުރެއްވި އިރު، އޭނާ ހުންނެވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ފޮރިން ލޭބާ ޑިޕާޓްމަންޓްގެ އިސްވެރިޔާގެ މަގާމުގައެވެ. މީގެ އިތުރުން، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ބެލެހެއްޓުމުގެ ޒިންމާ ވެސް މިހާތަނަށް އުފުއްލަވަމުން ގެންދެވީ އޭނާއެވެ.

ލެބަރުންގެ މައްސަލައަކީ ސަރުކާރުން ހައްލު ކުރަން އުޅޭ ހައްލު ނުވާ އުދަގޫ މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަބްދުލްމަޖީދު މަގާމުން ވަކިކުރައްވާފައިވަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

މި ބަދަލާއެކު މިހާރު ހޯމް މިނިސްޓްރީގައި ތިއްބަވަނީ ޖުމްލަ 6 ސްޓޭޓް މިނިސްޓަރުންނާއި 19 ޑެޕިއުޓީ މިނިސްޓަރުންނެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދޭތެރެ ދޭތެރެއިން މިފަދަ ބަދަލުތައް އާދެއެވެ.

މި ލިޔުމާ ގުޅޭ