ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފައުޖުގެ ދަށުން އިންޑޮނޭޝިއާ ސިފައިން ޣައްޒާއަށް ފޮނުވަނީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 11, 2026

ޣައްޒާގެ ހަމަޖެހުން ގާއިމުކުރުމަށް އެކުލަވާލާ ބައިނަލްއަގުވާމީ ފައުޖުގެ ދަށުން އިންޑޮނޭޝިއާގެ އެތައް ހާސް ސިފައިންނެއް ޣައްޒާ ސަރަހައްދަށް ފޮނުވުމުގެ ތައްޔާރީތައް ފަށައިފިއެވެ. މިއީ ޣައްޒާގެ ހަމަނުޖެހުންތަކަށްފަހު އެ ސަރަހައްދަށް ދިއުމަށް ހަމަޖެހިފައިވާ ފުރަތަމަ ބޭރުގެ އަސްކަރީ ފައުޖެވެ.

އިސްރާއީލުގެ ކާން ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑޮނޭޝިއާ ސިފައިން ޣައްޒާއަށް ދާނެ ސީދާ ތާރީޚެއް އަދި ކަނޑަނޭޅި ނަމަވެސް، އެ ގައުމުގެ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ދެކުނުން ރަފަހް އާއި ޚާން ޔޫނިސްއާ ދެމެދު އޮންނަ ސަރަހައްދުގައެވެ. މި ސަރަހައްދު މިހާރު ތައްޔާރުކުރެވިފައިވާ ކަމަށާއި، ސިފައިން ދިރިއުޅޭނެ އިމާރާތްތައް އެޅުމަށް މަދު ހަފުތާތަކެއް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

މި މަސައްކަތުގެ ދަށުން އިންޑޮނޭޝިއާގެ އެތައް ހާސް ސިފައިންނެއް ޣައްޒާގައި ހަރަކާތްތެރިވާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ޣައްޒާއަށް 20،000 ސިފައިން ފޮނުވުމަށް އެ ގައުމު ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

މި މައުލޫމާތުތައް އައިސްފައިމިވަނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ވޮޝިންޓަނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ވޮޝިންޓަނަށް ވަޑައިގަންނަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސަތު ބަލަހައްޓަވާ ޕީސް ކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ލިޔުމާ ގުޅޭ