އިނިގިރޭސިވިލާތުގެ ރޭލްތަކުގައި ވައިފައިގެ ޚިދުމަތް ދޭ ކުންފުނީގެ ޚިދުމަތުގައި އިސްލާމްދީނާ ޚިލާފު މެސެޖުތަކެއް އާންމުންނަށް ދައްކާލުމާ ގުޅިގެން އެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
އިނގިރޭސި ރޭލުތަކުގައި ވައިފައި ޚިދުމަތް ދެނީ ޓެލެންޓުންނެވެ. ޓެލެންޓުގެ ކަސްޓަމަރުން ވައިފައި ބޭނުންވެގެން ޚިދުމަތް ނަގާއިރު އިސްލާމޯފޯބިއާގެ މެސެޖެއް އަރަމުން ދިއުމާ ގުޅިގެން މީހުން ވަނީ ޝަކުވާ ކޮށްފައެވެ.
ޓެލެންޓުން ބުނެފައި ވަނީ އެކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.