އިސްމާއީލުގެ އަމާޒަކީ ފުވައްމުލައް ނަމޫނާ ސިޓީއަކަށް ހެދުން

އަޙްމަދު ސަޢީދުު
މާރޗް 14, 2026
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލު ރަފީގަކީ އެ ސިޓީގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައަށްޓަކައި ނުހަނު ގާތުން މަސައްކަތްކުރައްވަމުން ގެންދަވާ، ޚިދުމަތުން ފުރިގެންވާ ސިޔާސީ ޝަޚުޞިއްޔަތެކެވެ.
އިސްމާއީލު ރަފީގުގެ ސިޔާސީ ހަޔާތަށް ބަލައިލާއިރު، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ބޭފުޅެއް ނޫނެވެ. އެއީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ރަށުގެ ކުރިއެރުމަށްޓަކައި ދުރުވިސްނޭ ތަޞައްވުރެއް ގެންގުޅުއްވާ ލީޑަރެކެވެ. މޭޔަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ފުވައްމުލަކުގެ އުމްރާނީ ތަރައްޤީއަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާ މަސައްކަތްތަކެކެވެ.
ޚާއްޞަކޮށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމާއި، ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ސިޓީގެ މުސްތަޤުބަލަށްޓަކައި ކުރައްވާ އުންމީދީ މަސައްކަތްތަކުން ހާމަވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ބަހާ އަކީ ”ޚިދުމަތް“ ކަމެވެ.
ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ އިސްމާއީލު ރަފީގުގެ އަމާޒަކީ، އެ ސިޓީއަކީ ހުރިހާ ގޮތަކުން ފުރިހަމަ، ނަމޫނާ ސިޓީއަކަށް ހެއްދެވުމެވެ. އެމަނިކުފާނުގެ މި އިޚުލާޞްތެރި ޚިދުމަތުގައި މާތްﷲ ބަރަކާތްލައްވައި، އިތުރު ކާމިޔާބީއަށް އެދެމެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *