ބުޅަލެއް މެރި މައްސަލާގައި ތިން މީހަކާ ސުވާލުކޮށްފި

މުހައްމަދު އަލީ
މާރޗް 15, 2026

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ މައްސަލައަކާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބުޅަލަށް އަނިޔާ ކުރުމާއި މެރުންފަދަ މައްސަލަތައް މިހާރު ރާއްޖޭގައި ވަނީ އިތުރުވެފައެވެ.  ހަމައެ އެއާއެކު ބުޅަލުގައި ހައްގުތައް ހިމާޔަތްކޮށް އެކަމަށްވަކާލާތު ކުރާ މީހުންވެސް ވަނީ އިތުރުވެފައެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *