އެސްޓީއޯއިން ހިޓާޗީ ބްރޭންޑު ރާއްޖެއަށް ތައާރަފް ކުރިތާ ފަންސަވީސް އަހަރު

ހިރި ނިއުސް
މާރޗް 18, 2026

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކޮލިޓީ މޮޅު އިލެކްޓްރޯނިކްސް ސާމާނުތަކުގެ ތެރެއިން، ހިޓާޗީ ބްރޭންޑުގެ ރެފުރިޖުރޭޓަރުތަކަކީ މިއަދު ދިވެހިންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް އުފެއްދުން ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ފާއިތުވި 25 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއް ނެތި ދިވެހި ގޭބިސީތަކަށް ޚިދުމަތް ދެމުން އަންނަ މި ބްރޭންޑަކީ އޭގެ ދިގުދެމިގެންވާ ފެންވަރާއި ވަރުގަދަކަމަށްޓަކައި މަޝްހޫރުވެފައިވާ ބްރޭންޑެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހިންގެ ތެރޭގައި ހިޓާޗީ ރެފުރިޖުރޭޓަރު މިހާ ބޮޑަށް މަގުބޫލުވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ހޫނުމިނާއި މާހައުލާ ގުޅޭގޮތަށް، ގިނަ ދުވަހު ހަލާކުނުވެ ބޭނުންކުރެވޭ ފަދަ މޮޅު ފެންވަރަކަށް އުފައްދާފައިވާތީ ކަމަށް ވެސް އެކުންފުނީން ވަނީ ބުނެފައެވެ. މިގޮތުން، މީގެ 25 އަހަރު ކުރިން ބޭނުންކުރަން ފެށި ބައެއް ރެފުރިޖުރޭޓަރުތައް އަދިވެސް ބައެއް ގޭގޭގައި ބޭނުންކުރަމުންދާކަމީ މި ބްރޭންޑަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ހިޓާޗީ ރެފުރިޖުރޭޓަރުތަކުގެ އެންމެ ފަހުގެ މޮޑެލްތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ އުފެއްދުންތަކެކެވެ. މީގެ ތެރޭގައި ކަރަންޓު ޚަރަދު ކުޑަކޮށްދޭ ’އިންވާޓާ‘ ޓެކްނޮލޮޖީއާއި، ތަކެތި ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓުމަށް އެހީތެރިވެދޭ ’ވެކިއުމް ކޮމްޕާޓްމަންޓް‘ ފަދަ ސިފަތައް ހިމެނެއެވެ. މީގެ އިތުރުން، ތަފާތު ސައިޒުތަކާއި ކުލަތަކުގައި ލިބެން ހުރުމަކީ ކޮންމެ ކަހަލަ ބަދިގެއަކާވެސް ގުޅޭ ފުރިހަމަ ފަރުމާތަކެއް މި ބްރޭންޑުން ލިބިގެންދާ ސަބަބެއް ކަމަށް އެކުންފުނީން ބުނެފައިވެއެވެ.

”ޒަމާނީ ޓެކްނޮލޮޖީއާއެކު ދިވެހި ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، ހިޓާޗީ ވަނީ އެ ބްރޭންޑުގެ ވަރުގަދަ ނަން ދަމަހައްޓާފައެވެ. މިއަދު ދިވެހި ކޮންމެ އާއިލާއަކުންވެސް އާ ރެފުރިޖުރޭޓަރެއް ގަންނަން ބޭނުންވާއިރު، އެންމެ ފުރަތަމަ ލިސްޓަށް އަންނަނީ ހިޓާޗީގެ ނަމެވެ. އެއީ އޭގެ ފެންވަރާއި، އިތުބާރާއި، އަދި ޒަމާނީ ވަސީލަތްތަކުގެ ސަބަބުންނެވެ.“

ދުނިޔޭގައިވެސް ނަން މަޝްހޫރު ހިޓާޗީ ބްރޭންޑުގެ ރެފުރިޖަރޭޓަރު ތަކަކީ ގިނަ އޭގެ ޑިޒައިންއަށާއި އެކި ސިފަތަކުގެ ސަބަބުން ގިނަ އެވޯޑްތައްވެސް ހާސިލް ކުރަމުން އަންނަ އުފެއްދުންތަކެކެވެ. އެގޮތުން ހިޓާޗީގެ ’ސްކައިލައިން ސައިޑް ބައި ސައިޑް‘ ރެފުރިޖަރޭޓަރަށް ވަނީ ’އައި އެފް‘ ގެ ޑިޒައިން އެވޯޑް ލިބިފައެވެ. އަދި 2025 ވަނަ އަހަރު ރީޑަރޒް ޑައިޖެސްޓް ޓްރަސްޓެޑް ބްރޭންޑް ގެ ގޯލްޑް އެވަރޑް ވެސް ލިބިފައި ވަނީ ހިޓާޗީ ރެފުރިޖަރޭޓަރަށެވެ.

ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ބެލިކަމުގައިވިޔަސް، ހިޓާޗީއަކީ ހަމައެކަނި ބްރޭންޑެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމުގެ މުހިންމު ބައިވެރިއަކަށް މިހާރުވަނީ ވެފައެވެ.

ހިޓާޗީ ބްރޭންޑުގެ އެންމެ ފަހުގެ އުފެއްދުންތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ދިވެހިންގެ ގެތަކަށް ފޯރުކޮށްދެމުން ދާއިރު މި ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލޭ ފޭސް 1 ގެ އައުޓްލެޓުން ލިބެން ހުންނާނޭ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *