ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އަލީ
މާރޗް 28, 2026

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގެ ބިންހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރު ބޮޑުކުރުމާއި  ދޯނިފަހަރު އެހެލާނޭ ސަރަހައްދެއް ތަރައްގީ ކުރުން ހިމަނާފައި ވެއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ނާއިބު ރައީސް ޙުސައިން މުހައްމަދު ލަތީފެވެ.

މިމަޝްރޫއުގެ ދަށުން އެރަށުން ހިއްކަން ހަމަޖެހިފައިވަނީ 18 ހެކްޓަރުގެ ބިމެވެ. އެ މަޝްރުއުގެ ދަށުން 620 މީޓަރުގެ ރިވެޓުމެންޓެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ 142.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތަކީ 270 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން 465،726 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރާނެއެވެ. އަދި 1416 މީޓަރުގެ ސަރަހައްދެއްގައި 4 މީޓަރުގެ އެއްގަމުތޮށި ލުމާއި 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖެހުމާއި 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގު ރިވެޓުމެންޓު ޖެހުމާއި 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމާއި 9206 އަކަމީޓަރުގެ  ޕޭވްމަންޓު ހެދުމާއި 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓު ބުރިޖެއް އެޅުން ވެސް ހިމެނެއެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 780 ދުވަސްތެރޭ ނިންމާގޮތަށެވެ. މަސައްކަތުގެ އަގަކީ 226.18 މިލިއަން ރުފިޔާއެވެ.

މިއަދުވަނީ އެރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް ފަށައިފައެވެ. މަގު ހެދުމުގެ މަސައްކަތް ވެސް ފަށްޓަވައި ދެއްވީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަތީފެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *