އިޒުރޭލުގެ ޖާސޫސީ ސްކޮޑުގެ 29 ސިފައިން ކްލެސިފައިޑް ޑޮކިއުމަންޓްތަކާއެކު ޙިޒުބު الله ގެ ސިފައިންނަށް އަމާންދީ ހަތިޔާރު ބަހައްޓައިފިއެވެ. ޙިޒުބު الله އަށް މިވަގުތު ވަނީ ވަރަށް ނާޒުކު ޑޭޓާތަކެއް ލިބިފައެވެ.
ޙިޒުބު الله އާއި ހަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި ލެޕްޓޮޕްތަކާއި، ޗާޓްތަކާއި، ސިއްރު ލިޔެކިޔުންތައް ހިމެނެއެވެ. މިއީ މިހާރު ލުބުނާނުގައި އިޒުރޭލުން ހިންގަމުންދާ ހަމަނުޖެހުމުގައި ލައިވް ޑޭޓާއާއެކު ޙަރަކާތްތެރިވި ޖާސޫސީ ޔުނިޓަކުން އަމާންދިން ފުރަތަމަ ފަހަރެވެ.
އަދި، ޑްރޯން ކޮންޓްރޯލް ސްޓޭޝަނާއެކު އިޒުރޭލުގެ 67 އިންޖިނިއަރުންނާއި، ޓެކްނީޝަނުންވެސް ޙިޒުބު الله އަށް އަމާންދީފިކަމަށް ޚަބަރުތައް ލިބެމުންދެއެވެ. ޙިޒުބު الله ގެ ބާރުތަކާއި ޙަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި، ލައިވް ކޮންޓްރޯލް ނިޒާމުތަކާއި، ފަންނީ މެނުއަލްތައްވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން މުޤާވަމާއަށް އިޒުރޭލުގެ ޑްރޯން ޓެކްނޮލޮޖީގެ ތެރެއަށް ސީދާ ވަދެވޭނެއެވެ.

އޭގެއިތުރުން، އިޒުރޭލުގެ ޚާއްޞަ ބާރުތަކުގެ ޔުނިޓަކުން، ޙިޒުބު الله އާ ދެކޮޅަށް 3 ގަޑިއިރުވަންދެން ޙަމަލާ ދިނުމަށްފަހު، ހިފަހައްޓައި ނުލެވިގެން، އެންމެފަހުން އަމާންދީ ޙަވާލުވެއްޖެއެވެ. ސަޙުޔޫނީ ސިފައިން، ޙިޒުބު الله ގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައި، އަމާން ދިނުމަށްފަހު، ”ފުދިއްޖެއޭ، ފުދިއްޖެއޭ“ ކިޔާ، އިޒުރޭލުގެ ޣައިރު ޤާނޫނީ ސަރުކާރާއި ދެކޮޅަށް އަޑުއުފުލާފައިވާ މަންޒަރު ވަނީ ރެކޯޑްކޮށްފައިވެއެވެ. އިޒުރޭލުގެ އަސްކަރިއްޔާއާއި ދެކޮޅަށް އިޒުރޭލު ސިފައިން ބަޣާވާތްކުރާ މަންޒަރު، ދައްކުވައިދޭ އޯޑިއޯއާއި، ވީޑިއޯ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަލް ވަމުން އެބަދެއެވެ.
މިކަންކަމާއި ގުޅިގެން އެމެރިކާއާއި، ސަޙުޔޫނީ ކިޔާނު އޮތީ ބޮޑު ސިހުމެއްގެ ތެރޭގައެވެ. ނުލަފާ، ޖައްބާރު އެމެރިކާއަކަށް އެހީތެރިވެދެވޭކަށް ނެތެވެ. އިޒުރޭލުގެ ކޮމާންޑް އޮތީ މުޅިން ބިރުން ވިރިވިރިއެވެ. އީރާނަކީ މެދުއިރުމަތީގެ ސުޕަޕަވަރެވެ.
މަސްދަރުތައް: ހިޒްބުالله ގެ އަސްކަރީ މީޑިއާ، އަލްޖަޒީރާ، ރޮއިޓާސް، އިޒުރޭލުގެ ޗެނަލް 12، އަލް މަޔާދީން.






