ގާދިއްފުށީ ބިންހައްކަން ފަށައިފި

މުހައްމަދު އަލީ
އޭޕްރިލް 10, 2026

ކޮޅުމަޑުލު ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއު ފަށައިފިއެވެ. އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ.

މި މަޝްރޫޢު ފެށުމާއެކު ރައީސްވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކޮށް އެވާހަކަ ރައްޔިތުންނާ ހިއްސާ ކުރައްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓު ގައި ރައީސް ވިދާޅުވެފައިވަނީ މި މަޝްރޫއުގެ ދަށުން އެރަށަށް އޭގާރަ ހެކްޓަރުގެ ބިން އިތުރުވެގެންދާނޭ ކަމަށެވެ.

އެރަށުން ހިއްކަން ކަނޑައަޅާފައިވާ މިންވަރަށް ހިއްކުމަށް 396,000 ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އެމަނިކުފާނު ވަނީ ލަފާކުރައްވައިފައެވެ.

ގާދިއްފުށީގެ ބިން ދިހަ ދުވަސްތެރޭގައި ހިއްކާނިމޭނޭ ކަމަށް ރައީސް ވަނީ އަންދާޒާ ކުރައްވައިފައެވެ. ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ މަޝްރޫއުތައް ފަށްޓަވަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *