ރައީސް ނަޝީދުގެ ކެެންޕޭން ތަރުޖަމާނަކަށް ޢަބްދުﷲ ވަޙީދު

މުހައްމަދު އަލީ
މެއި 4, 2026

ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ތަރުޖަމާނަކަށް ޢަބްދުﷲ ވަޙީދު ހަމަޖައްސަވައިފިއެވެ. ޢަބްދުﷲ ވަޙީދަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރެކެވެ. އޭނާއަކީ އެމްޑީޕީ ދިއްދޫ ދާއިރާގެ ރައީސް ވެސް މެއެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫދާއިރާގެ ކުރީގެ މެންބަރުވެސް މެއެވެ.

”އަޅުގަނޑުގެ އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގެ ކެންޕޭން ތަރުޖަމާނަކީ ގައުމީ މަޖިސް ދިއްދޫ ދާއިރާގެ ރައީސް އަދި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ކަމަށް ދަންނަވަން،“ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހާރުވެސް ގެންދަވަނީ ޗެއަރޕާސަން ކަމަށް ވަރުގަދައަށް ކެންޕޭން ކުރަމުންނެވެ. ރައީސް ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނުދާއިރާއިގެ މަޖިލީސް މެންބަރު މީކާއީލް ނަސީމެވެ. މީކާއިލް ވެސް ގެންދަވަނީ ގަދަފަދައަށް ކެންޕޭން ކުރައްވަމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *